-01-40bb8a38.jpg)

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ ވައިގެ މަގުން ރާއްޖެ ގެނެސްފައިވާ އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައެވެ.
އަތުލައިގަތް ތަކެތީގެ ތަފްޞީލު ހާމަކުރަމުން ކަސްޓަމްސްއިން ބުނީ، އެ ޝިޕްމަންޓުން ފެނިފައިވަނީ ސިންތެޓިކް ކެތިނޯން ކަމަށެވެ. އަދި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 6,750 ގްރާމް ހުރި ކަމަށް ވެސް ކަސްޓަމްސްއިން މަޢުލޫމާތު ދެއެވެ.






