-01-40bb8a38.jpg)

ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ހުޅުވާލައިފި އެވެ.
މި މަޤާމަށް ކަނޑައަޅާފައިވާ މުސާރައަކީ 15،500 އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައިދޭ 8,990ރ. އާއި މަގާމުގެ އެލަވަންސްގެ ގޮތުގައިދޭ 6,510ރ. އެވެ. އޭގެ އިތުރުން ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެމަތިން، އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތަކާއި ކެއުމާއި ބޭސްފަރުވާ ވެސް ދޭނެ އެވެ.
މި މަގާމަށް ހޯދަނީ ކިތައް މީހުން ކަމެއް އިއުލާނުގައި ބުނެފައެއް ނުވެ އެވެ.
- ބެކްގްރައުންޑް އެސެސްމެންޓް
- ފިޒިކަލް ފިޓްނަސް ޓެސްޓް
- ފެތުމުގެ ޓެސްޓް
- އެޕްޓިޓިއުޑް ޓެސްޓް
- އިންޓަވިއު
- މެޑިކަލް އެގްޒަމިނޭޝަން
ފުލުހުންގެ ވަޒީފާގެ ގަވާއިދުގައި ފުލުހުންގެ މަގާމަށް މީހުން ރެކްރޫޓުކުރުމުގައި ބެލުމަށް ކަނޑައަޅާފައިވާ ކަންކަމަށް ބަލާނެއެވެ.އަދި ޓެސްޓްތަކުން މަތީ ނަތީޖާ ހޯދާ މީހުންނާއި، އަތޮޅުތެރޭގައި ގާއިމްކުރެވިފައިވާ ފުލުހުންގެ މަރުކަޒުތަކުގެ ތެރެއިން ފުލުހުން ކަނޑައަޅާ މަރުކަޒުތަކުގައި މަސައްކަތްކުރެވޭނެ މީހުންނަށް އިސްކަންދޭނެއެވެ.
ވަޒީފާއަށް މީހުން ހޮވުމުގައި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދޭ އެޕްޓިޓިއުޓް ޓެސްޓުން ފާސްވުމާއި ހަށިހެޔޮކަން ދެނެގަތުމަށް ދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން މެޑިކަލް އެގްޒަމިނޭޝަނަށް ބަލާނެ ކަމަށް ވެސް ފުލުހުންގެ އިއުލާޏުގައި ވަނީ ބަޔާން ކޮށްފައެވެ.
ވަޒީފާ އަށް އެދި ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވަނަ ދުވަހެވެ. ފޯމު ހުށަހަޅާނީ ޝަހީދު ހުސައިން އާދަމް ބިލްޑިންއަށެވެ. އެހެން ރަށަކުން ނަމަ ފޯމު ހުށަހަޅާނީ އެ އަތޮޅެއްގައި ގާއިމްކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކުގެ ރިސެޕްޝަނަށެވެ.



