-01-40bb8a38.jpg)

ހުޅުމާލެ ފޭސް 3 ގައި މިރޭ ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން ބުނީ މި ހަވާ އެރުވުން ކުރިއަށްދާނީ މިރޭ ރޭގަނޑު 22:00 އާއި 23:30އާ ދެމެދުގެ ވަގުތެއްގަ އެވެ. އަދި މި ހަރަކާތް 3 މިނެޓަށް ކުރިއަށްދާނެ ކަމަށާއި، މިއީ ވިޔަފާރި އުސޫލުން ކުރިއަށްގެންދާ ހަވާ އެރުވުމެއް ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
އާންމުކޮށް ކުލަގަދަ މުނާސަބާތަކާއި ތަފާތު އެކި ހަފްލާތަކާ ގުޅުވައިގެން މާލެ ސަރަހައްދާއި އެކި ރަށްރަށުގައި އެމްއެންޑީއެފް އިން މިފަދަ ހަވާ އެރުވުމުގެ ހަރަކާތްތައް ބާއްވަމުން ގެންދެ އެވެ.


-effcc7fd.jpg)



