-01-40bb8a38.jpg)

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާހަމައަށެވެ.
ސަމާލުގައި ބުނެފަިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓު އޮފީހުން މައުލޫމާތު ދޭ ގޮތުގައި މިހާރު ކުރަމުގެންދާ ވިއްސާރަގަ މެދުރާއްޖެ ތެރެއާ ދެކުނުގެ އަތޮޅުތަކަށް 8 މޭލާ 18 މޭލާއާ ދެމެދުގެ ބާރުމިނުގަ ވާޖެހޭނެކަމަށާއި އަދި އުތުރުގެ އަތޮޅުތަކަށް 5 މޭލާ 15 މޭލާ ދެމެދުގަ ބާރުމިނުގަ ވާޖެހޭނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓު އޮފީހުން ބުނިގޮތުގައި ބުރާސްފަތި ދުވަހާ ހަމަޔަށް ވިއްސާރަކުރާނެކަމަށާއި ހުކުރުދުހުވަހުން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށް ލަފާކުރާކަމަށެވެ.
މި ވިއްސާރަގަ ކަނޑު ގަދަނުވާނެތީ، ކަނޑު ދަތުރު ފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.






