-01-40bb8a38.jpg)

ޖުމްހޫރީ ދުވަހުގެ ރަސްމީ ބަންދާ ގުޅިގެން، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މިއަދާއި މާދަމާ މާލެ ސަރަހައްދާއި އައްޑޫ ސިޓީގައި ހުންނަ އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
މާލޭ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓް ދޫކުރުމަށް ނަންބަރު ދޫކުރާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އިމިގްރޭޝަން އޮފީހުން ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން ހަވީރު 4:00 އަށެވެ. އަދި އައްޑޫ އިމިގްރޭޝަން އޮފީހުން މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން ހަވީރު 5:00 އަށެވެ.
މި މުއްދަތުގެ ތެރޭގައި ވެސް އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން މައުލުމާތުދެ އެވެ. މީގެ އިތުރުން، ސިއްހީ ކުއްލި ނުވަތަ އިމާޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އެ އިދާރާގެ ހޮޓްލައިން ނަންބަރު 9555333 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.



