-01-40bb8a38.jpg)

ވެރިކަން ކުރާ ޕާޓީ -- ޕީއެންސީ މެމްބަރުންގެ އަދަދު ލައްކައަކާ ކައިރިކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ މައުލޫމާތުތަކަށް ބަލާއިރު ޕީއެންސީގައި މިވަގުތު 99,831 މެންބަރުން އެބަތިއްބެވެ. މިއީ ރާއްޖޭގެ ތާރީހުގައި ސިޔާސީ ޕާޓީއެއްގެ މެންބަރުންގެ އަދަދު ލައްކައަކާ ގާތްކުރި ފުރަތަމަ ފަހަރެވެ.
ދެވަނައިގައި އޮތް އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބީ 53،819 މެންބަރުންނެވެ.
ތިންވަނައިގައި ޖުމްހޫރީ ޕާޓީ އޮތީ 7،762 މެންބަރުންނާ އެކު އެވެ.
ސިޔާސީ ޕާޓީތަކުގެ މެންބަރަކަށް ވުމަށް އެދި މިހާރު ހުށަހަޅަންޖެހެނީ އީ-ފާސް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށެވެ.






