-01-40bb8a38.jpg)

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ މައުރީސިއޯ ޕޮޗެޓީނޯ ނުކުތް ފުރަތަމަ މެޗުގައި، އެންފީލްޑްގައި ލިވަޕޫލް އަތުން 4-0 ގެ ލަދުވެތި ބައްޔަކާ ކުރިމަތިލާން ޖެހިއްޖެއެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީޚުގައި ވެސް ކްލަބެއްގެ އާ ކޯޗެއްގެ ފުރަތަމަ މެޗުގެ ފުރަތަމަ ހާފުގައި ރަތް ކާޑެއް ދައްކައި، ދެ ލަނޑު ވަން ފުރަތަމަ ފަހަރެވެ.
މެޗުގެ 8 ވަނަ މިނެޓުގައި ލެނީ ޔޯރޯ އަށް ސީދާ ރަތް ކާޑެއް ދެއްކުމުން ޔުނައިޓެޑަށް އިތުރު ދަތިތަކަކާ ކުރިމަތިވިއެވެ. ލިބުނު ހިލޭޖެހުމުން ޑޮމިނިކް ސޮބޮސްލައި ލިވަޕޫލަށް ލީޑު ނަގައިދިންއިރު، އޭގެ ތިން މިނެޓު ފަހުން ރިއޯ އެންގުމޯހާ ތަނަވަސްކޮށްދިން ފުރުސަތަކުން ފްލޯރިއަން ވާޓްޒް ދެވަނަ ލަނޑު ކާމިޔާބުކުރިއެވެ.
ދެވަނަ ހާފުގައި ލިވަޕޫލްގެ ތިންވަނަ ލަނޑު ޖަހައިދިނީ އެންގުމޯހާއެވެ. މެޗުގެ ފަހުކޮޅު ވިކްޓަރ މުނޯޒް ވަނީ ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ޖަހައި ނަތީޖާ ފުރިހަމަކޮށްފައެވެ.
މި މޮޅާއެކު ލިވަޕޫލް ތާވަލުގެ ހަތަރުވަނައަށް ޖެހިލިއިރު، ހުރިހާ މުބާރާތެއްގައި ޖުމްލަ 34 ލަނޑު ވަދެފައިވާ ޔުނައިޓެޑް އޮތީ ތާވަލުގެ 19 ވަނައިގައެވެ.






