-01-40bb8a38.jpg)

މޫސުމީ މާލީ އެހީތެރިކަން ފަދަ ދާއިރާތަކަކުން މުހިންމު ނިންމުންތަކަކަށްފަހު (ކޮޕް31) ކޮންފަރެންސް ތުރުކީވިލާތުގެ އަންތާލިޔާގައި ނިންމާލައިފިއެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ވަނީ ބައިވެރިވި ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމަށް ތުރުކީވިލާތާއި އޮސްޓްރޭލިޔާއިން ކުރި މަސައްކަތްތަކާއި ދެއްކެވި ލީޑަޝިޕަށް ޝުކުރު އަދާކުރާކޮށްފައެވެ. އަދި މި ކޮންފަރެންސްގެ ނަތީޖާއަށް ރާއްޖެއިން ވަނީ މަރުޙަބާ ކިޔާފައެވެ.
މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނާޒުކު ފައްތަރެއްގައިވާ ޤައުމުތަށް މޫސުމަށް އަންނަ ކުއްލި ބަދަލުތަކަށް ހޭނުމަށް އަޅާ ފިޔަވަޅުތައް ހަރުދަނާކުރުމުގެ މަސައްކަތްތަކާ ގުލޭގޮތުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނިގޮތުގައި އެޖެންޑާގެ ގިނަ ކަންތައްތަކަކާމެދު މުހިންމު ނިންމުންތަކަކަށް ދެވިފައިވީ ނަމަވެސް، އަދިވެސް ހައްލުނުވެ ހުރި ބައެއް މައްސަލަތައް އެބަހުރިކަމަށެވެ. އަދި ހައްލުނުވެ ހުރި މި މައްސަލަތަކާމެދު މަޝްވަރާތައް ކުރިއަށް ގެންގޮސް، ކުރިއެރުން ހޯދުމަށް ކޮޕްގެ ރިޔާސަތަށް އެއްބާރުލުން ދިނުމަށް ރާއްޖެ ތައްޔާރަށް އޮތްކަން ވަނީ ކަށަވަރުކޮށްދީފައެވެ.