-01-40bb8a38.jpg)

ސައުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ މަދަނީ އަދި އިޤްތިޞާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީ ހަނގުރާމަވެރިން ސައުދި ޢަރަބިއްޔާއަށް މެދުކެނޑުމެއްނެތި ދެމުންގެންދާ ޙަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.
ދިވެހި ސަރުކާރުން ނެރުނު ރަސްމީ ބަޔާނެއްގައި، ތަކުރާރުކޮށް ދެމުންދާ މި ޙަމަލާތަކަކީ ސައުދީ ޢަރަބިއްޔާގެ އިސްތިޤްލާލާއި ސަރަޙައްދީ ނަޒާހަތްތެރިކަމަށް އަރައިގަތުމުގެ ފާޅުކަން ބޮޑު އަމަލެއްގެ އިތުރުން، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނުތަކާ ސީދާ ޚިލާފު ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
މިފަދަ ޢަދާވާތްތެރި ޢަމަލުތައް ވަގުތުން ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލާފައިވާއިރު، މިފަދަ ޙަމަލާތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ، ސަރަޙައްދީ ޞުލްޙައާއި، އަމަންއަމާންކަމާއި، ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.
މީގެއިތުރުން، ދެ ޙަރަމްފުޅު ޙިމާޔަތްކުރުމަށް ސައުދީ ޢަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން އޮތް ތާޢީދުވެސް ވަނީ ހާމަކޮށްފައެވެ.


(1)-f605586e.jpg)
