-01-40bb8a38.jpg)

އެންޑީއޭ އަކީ އާންމުންނަށް ފެންނަ ނަތީޖާނެރޭ ބަޔަކަށް ވަރަށް އަވަހަށް ވެގެންދާނެ ކަމަށާއި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވެއްޖެ އެވެ.
މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ ވެއަތުވި ތިން އަހަރުތެރޭގައި އެންޑީއޭގެ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ. އެންޑީއޭގައި ފަރުވާދޭ މަރުކަޒުތައް ބާވެފައިވާ ކަމަށާއި އެކަމަށް ހައްލު ގެނައުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެންޑީއޭގެ ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރާޝިދު ވިދާޅުވި އެވެ.
ރާޝިދު ވިދާޅުވީ އެންޑީއޭ އޮތީ ވަރަށް ބޮޑުވަޅުގަނޑަކަށް ވެއްޓިފައި ކަމަށާއި މިހާރު އެ ވަޅުގަނޑުން އަރައިގަނެ ހަމަ ބިމަށް އަރައިގަންނަމުން އަންނަ ކަމަށެވެ.
އެންޑީއޭގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ފަރުވާ ފުރިހަމަ ކުރުމަށް ފަހު އަނބުރާ މުޖުތަމައުއަށް ނެރޭ ފަރާތްތަކަށް އިތުރު ޕްރޮގްރާމްތައް ހިންގަންޖެހޭ ކަމަށް ވެސް ރާޝިދު ވިދާޅުވި އެވެ.





-84a45b59.jpg)
