-01-40bb8a38.jpg)

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ފަހަތުން އަރައި 2-2 އިން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ހިފަހައްޓައި، މި ސީޒަނުގައި އެ ޓީމު އަތުން ޕޮއިންޓެއް ހޯދި ފުރަތަމަ ޓީމަކަށް ރޯމާ ވެއްޖެއެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުގެ ނަތީޖާއާއެކު، މުބާރާތުގެ ފުރަތަމަ ހަތަރު މެޗު ކާމިޔާބުކޮށްފައިވާ ޕީއެސްޖީގެ ސައްތައިން ސައްތަ ރެކޯޑަށް ވަނީ ނިމުމެއް އައިސްފައެވެ.
މެޗުގެ ފަސްވަނަ މިނެޓުގައި މާރިއޯ ހާމޯސޯ ޖެހި ލަނޑުން ރޯމާއިން ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އިލިއާ ޒަބާނީ ވަނީ ބޮލުން ލަނޑު ޖަހައި ޕީއެސްޖީއަށް އެއްވަރުކޮށްދީފައެވެ. ދެވަނަ ހާފުގައި އަޝްރަފް ހަކީމީއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން އުސްމާން ޑެމްބެލޭ ޕީއެސްޖީއަށް ކުރިހޯދައިދިނެވެ. އެހެންނަމަވެސް، ވީއޭއާރު ބެލުމަށްފަހު ވިޓީނިއާގެ އަތުގައި ބޯޅަ ޖެހުމުން ރޯމާއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، މެޗު ނިމެން 12 މިނެޓަށް ވެފައި ވަނިކޮށް ރޯމާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑޮންޔެލް މާލެންއެވެ.






