-01-40bb8a38.jpg)

އަތޮޅުތަކުގައި ދުއްވާ ސީ3 އަދި ސީ4 ކެޓަގަރީގެ ތިން ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ޚާއްޞަ ލުއިތަކެއް ދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނިންމައިފިއެވެ.
މި އައު އިންތިޒާމުތަކުގެ ދަށުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އުޅަނދުތަކުގެ ވެރިފަރާތުގެ އަމިއްލަ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން، މިހާރު ޢަމަލުކުރަމުންދާ އުޞޫލުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރަޖިސްޓަރީ ކުރުމާ ގުޅޭ ފީތައް މަޢާފުކޮށްދެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި އެތައް އަހަރެއް ކުރިން ރާއްޖެ އެތެރެކޮށް، ބޭނުންވާ ލިޔެކިޔުންތައް މިހާރު ނެތް އުޅަނދުތައްވެސް، ރޯޑްވާދިނަސް އެސެސްމަންޓެއް ހެދުމަށްފަހު ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.