-01-40bb8a38.jpg)

ށ. ފޭދޫ ޞިއްޙީ މަރުކަޒު ބޮޑުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެއްކޮށް ނިމިއްޖެ ކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ.
މިނިސްޓްރީ އޮފް ހެލްތުން ބުނި ގޮތުގައި މި މަޝްރޫޢު މިހާރު ވަނީ އެއްކޮށް ނިމިފައި ކަމަށާއި އަލަށް ތަރައްޤީކުރެވުނު ވަސީލަތްތަކަކީ އެ ރަށުގެ ރައްޔިތުންނަށް ލިބެންހުރި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަޤްޞަދުގައި ޤާއިމުކުރެވުނު ވަސީލަތްތަކެކެވެ.
އަލަށް އިތުރުކުރެވުނު ބަޔާއެކު ޞިއްޙީ މަރުކަޒުގެ އެތެރޭގައި އިތުރު ޖާގަތަކާއި، ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިވާ ބައިތައް ހިމެނެއެވެ.
މި މަޝްރޫޢު ނިމުމާ ގުޅިގެން، އެ ރަށުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބި، ކޮންމެހެން ބޭނުންވާ ޞިއްޙީ ވަސީލަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.






