-01-40bb8a38.jpg)

ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގަން އުޅުނު މާރާމާރީއެއް ފުލުހުން ހުއްޓުވައި، އެކަމާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ 6 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، ހުޅުމާލޭގެ ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު މާރާމާރީއެއް ހިންގަން ރާވަމުންދާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ރޭ 22:50 ހާއިރު އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އެގޮތުން އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު، އޭނާ ހުރި ދިމާލުން ބަޔޮނެޓަކާއި ކަޓަރެއް ފެނިފައިވާއިރު، އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ވަނީ ފެނިފައެވެ. އަދި އެ ސަރަހައްދު އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި އިތުރު ދެ ބަޔޮނެޓް ވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުން ހައްޔަރުކުރި މީހާގެ އިތުރުން، ހުޅުމާލޭގެ އެކި ހިސާބުތަކުން އިތުރު 5 މީހަކު ރޭގެ ވަގުތެއްގައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.






