-01-40bb8a38.jpg)

މީސްމީޑިއާގައި އެމް.އޭ.ސީ.އެލްއަށް އަމާޒުކޮށް ދައުރުވަމުންދާ ވީޑިއޯގައި ފެންނަ މަންޒަރުތަކަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަރޖެންސީ ފަރިތަކުރުންތަކުގެ ތެރެއިން ހިންގުނު ސިމިއުލޭޓެޑް ހަރަކާތްތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމް.އޭ.ސީ.އެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ވީޑިއޯއިން ފެންނަ މަންޒަރުތަކަކީ 25 ނޮވެންބަރު 2026 ގެ ރޭވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަރޖެންސީ ފަރިތަކުރުންތަކުގެ ތެރެއިން ހިންގުނު ސިމިއުލޭޓެޑް ހަރަކާތްތަކެއްގެ މަންޒަރުތަކެއް ކަމަށެވެ.
ބަޔާނުގައިއެމް.އޭ.ސީ.އެލް އިން ވަނީ އާންމުންގެ މެދުގައި ކަންބޮޑުވުން އުފައްދައި، ކުންފުންޏާމެދު އޮންނަ އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ކުންފުނީގެ އަގުވެއްޓޭ ގޮތަށް ފަތުރަމުންދާ މަޢުލޫމާތަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ފާހަގަކޮށްފައެވެ. އަދި މިފަދަ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެމް.އޭ.ސީ.އެލް އިން ބުނެފައިވެއެވެ.
މީގެ އިތުރުން، ޞައްޙަކަން ކަށަވަރުނުވާ މިފަދަ މަޢުލޫމާތު ނުފެތުރުމަށާއި، އެ ކުންފުނީގެ ރަސްމީ ޗެނަލްތަކުން ހާމަކުރާ މަޢުލޫމާތު ފިޔަވައި އެހެން މަޢުލޫމާތުތައް ދައުރުނުކުރުމަށް އެމް.އޭ.ސީ.އެލް އިން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.


