-01-40bb8a38.jpg)

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، އަލަށް ގެދޮރު ގަތުމަށާއި އަމިއްލަ ގޯތީގައި އަލަށް ގެދޮރު ބިނާކުރުމަށް މާލީ އެހީ ދޭ "ހެލްޕް-ޓު-ބައި" އަދި "ހެލްޕް-ޓު-ބިލްޑް" ސްކީމުތަކުގެ އުސޫލުތައް ގެޒެޓުކޮށް، އެޕްލިކޭޝަން ހުށަހެޅުމަށް 29 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ގެޒެޓުކުރި މި އުސޫލުތަކުގެ ދަށުން، ޢުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އެގޮތުން "ހެލްޕް-ޓު-ބައި" ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނީ 29 ނޮވެންބަރު ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެންނެވެ.
މި ސްކީމުތަކުގެ ދަށުން ލިބޭ މާލީ އެހީ:
ދެ ސްކީމުގައި ވެސް އެޕްލިކަންޓުގެ ނަމުގައި ދިރިއުޅެވޭނެ އެކަށީގެންވާ ގެދޮރެއް ނުވަތަ ގޯއްޗެއް ނެތުމާއި، މީގެ ކުރިން ދައުލަތުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ޔުނިޓެއް ނުވަތަ ބިމެއް ލިބިފައި ނެތުން ފަދަ މުދަލުގެ މިލްކުވެރިކަމުގެ ޝަރުތުތައް ހިމެނެއެވެ.
މިނިސްޓްރީން ޝަރުތުތައް ކަށަވަރުކޮށް ކޮންޑިޝަނަލް އޮފަރ ދޫކުރުމުން، 6 މަސްދުވަހުގެ ތެރޭގައި މާލީ އިދާރާއަކުން ފައިނޭންސިންގ ހަމަޖައްސަން ޖެހޭނެއެވެ. ފައިނޭންސިންގ ހަމަޖެހުމުން އެހީގެ ފައިސާ ޖަމާކުރާނީ އެ މާލީ އިދާރާގައި ހުޅުވާ އެސްކްރޯ އެކައުންޓަކަށެވެ. ޞައްޙަނޫން މަޢުލޫމާތު ނުވަތަ ލިޔެކިޔުން ހުށަހަޅައިފިނަމަ އެޕްލިކޭޝަން ބާޠިލުކޮށް، ދޫކޮށްފައިވާ އެހީ ނުވަތަ ޔުނިޓު ދައުލަތުން އަނބުރާ ހޯދާނެކަމަށް އުސޫލުތަކުގައި ބަޔާންކޮށްފައިވެއެވެ.