-01-40bb8a38.jpg)

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ، ކެމްޕޭން ދަތުރުފުޅެއްގައި ހއ. ވަށަފަރަށް ވަޑައިގެންފި އެވެ.
އެމަނިކުފާނު ވަށަފަރަށް ވަޑައިގަތުމުން، އެ ރަށުގެ ކައުންސިލާއި، މުއައްސަސާތަކުގެ ވެރިންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ނިކުމެ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
އަބްދުއްރަހީމްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ޕީއެންސީގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
އަބްދުއްރަހީމް ވަށަފަރަށް ވަޑައިގެންފައި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންސް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާތީ ކެމްޕޭނަށެވެ.
މަޖިލިސް ރައީސްގެ މި ދަތުރުފުޅުގައި، ރަށުގެ ރައްޔިތުންނާއި ޕާޓީގެ ސަޕޯޓަރުންނާ ރޭގެ ވަގުތެއްގައި ވަނީ ބައްދަލުކުރައްވާފަ އެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަށަފަރުގެ ތަރައްގީއަށް ފަށާފައިވާ މަޝްރޫއުތަކާއި، ރަށުގެ ކުރިއެރުމަށް ކުރަންހުރި މުހިއްމު ކަންކަމާ ގުޅޭގޮތުން ރަށުގެ މުއައްސަސާތަކުގެ ވެރިންނާވެސް މަޖިލީހުގެ ރައީސް މަޝްވަރާކުރައްވާނެއެވެ.






(1)-3a173e77.jpg)