-01-40bb8a38.jpg)

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ރަސްމީ ދަތުރުފުޅެއްގައި ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދުއަށް މިއަދު ވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނު ރިނބުދުއަށް ވަޑައިގެންނެވުމުން،ރަށު ކައުންސިލާއި، ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.
މިދަތުރުފުޅުގައި ރިނބުދޫގައި ޢިމާރާތްކޮށްފައިވާ "ބަނދަރުހިޔާ" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރަސްމީގޮތުން ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ތަނަކީ، ރަށަށް ލަފާފުރާ ފަރާތްތަކަށް އަވިންނާއި ވާރެއިން ހިޔާވެ ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެ ރަށު ކައުންސިލުގެ އިސްނެންގެވުމަށް ބަނދަރު ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ 60 މީހުންގެ ޖާގައިގެ ފެރީ ޓާމިނަލެކެވެ.


