-01-40bb8a38.jpg)

ހުރިހާ މަސައްކަތްތަކެއް ނިންމާލުމަށްފަހު މާފަރު އެއާޕޯޓު ރަސްމީކޮށް ހުޅުވާލާނީ އަންނަ ނޮވެމްބަރުމަހުގެ މެދުތެރޭގައިކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.
މާފަރު އެއާޕޯޓު ތަރައްޤީކޮށްފައިވަނީ އޭ320 އަދި ބޯއިން 737 މަތިންދާބޯޓުތަކަށް ހިދުމަތްދެވޭ ގޮތަށެވެ.
މާފަރު އެއާޕޯޓްގައި މޯލްޑިވިއަންއިން ގާއިމްކޮށްފައިވާ ފިއުލް ފާމްގައި 400،000 ލީޓަރުގެ ޖެޓް ފިއުލް ރައްކާކުރެވޭނެއެވެ. އަދި މަތިންދާބޯޓަށް ތެޔޮ އެޅުމަށް ބޭނުންކުރާ އެއް ބައުޒަރުގެ ކެޕޭސިޓީގައި 35،000 ލީޓަރު އަދި ދެވަނަ ބައުޒަރުގެ ކެޕޭސިޓީގައި 20،000 ލިޓަރު ހުންނާނެކަމަށް މޯލްޑިވިއަންއިން މައުލޫމާތުދެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރުމަށް 40 މިނެޓު ނަގާއިރު، އެއް ކޮޅު ޓިކެޓެއްގެ އަގަކީ 750ރުފިޔާ އެވެ.


