-01-40bb8a38.jpg)

އިނގިރޭސި ޕްރިމިއާ ލީގުގައި ހުކުރު ދުވަހު ކުޅުނު ފޯރިގަދަ މެޗުން ނޮޓިންގހަމް ފޮރެސްޓް އަތުން 3-2 އިން ބަލިވެ، ޗެލްސީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެއްޖެއެވެ. ސިޓީ ގްރައުންޑްގައި ކުޅުނު މި މެޗުން ބަލިވުމާއެކު ޗެލްސީގެ ކޯޗު ޒަބީ އަލޮންސޯއަށް ވަނީ އިތުރު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައެވެ.
މެޗުގެ 5 ވަނަ މިނެޓުގައި އީގޯ ޖީސަސްގެ ލަނޑުން ފޮރެސްޓުން ލީޑު ނެގިއިރު، ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން މޯގަން ގިބްސް-ވައިޓް ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ތިން މިނެޓު ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެމަނުއެލް އެމޭގާ ޗެލްސީއަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، މެޗުގެ 72 ވަނަ މިނެޓުގައި ގިބްސް-ވައިޓް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި އަނެއްކާވެސް ފަރަގު ބޮޑުކޮށްފައެވެ. މެޗުގެ 89 ވަނަ މިނެޓުގައި އެމޭގާ ބޮލުން އިތުރު ލަނޑެއް ޖެހި ނަމަވެސް، ޗެލްސީއަށް ނަތީޖާ ހަމަހަމަކުރެވޭ ގޮތެއް ނުވިއެވެ.
މި ނާކާމިޔާބީއާއެކު ޗެލްސީ މި ސީޒަނުގެ ލީގުގައި މިހާތަނަށް 23 ލަނޑު ބައިކޮޅަށް ވަދެފައިވާއިރު، މިއީ ލީގުގެ މި މަރުހަލާގައި އެ ޓީމު ކޮޅަށް އެންމެ ގިނަ ލަނޑު ވަތް އަދަދާ އެއްވަރުގެ އަދަދެކެވެ.






-e4f80c98.jpg)