-01-40bb8a38.jpg)

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފިއެވެ.
މިއަދު ހެނދުނު ދިހަޔަކުން ފެށިގެން މާދަމާ ހެނދުނު ދިހަޔަކަށް ހުޅުލެ ސަރަހައްދުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުނެއެވެ.
ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށައި، ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާއި 3 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ. އަދި މި ވަގުތު މޫސުމާ ގުޅޭ އެއްވެސް އިންޒާރެއް ނެރެފައި ނުވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މީގެއިތުރުން، މާލޭގެ އެންމެ ފަހުގެ މޫސުމީ މައުލޫމާތުތަކަށް ބަލާއިރު، ހެނދުނު 8:57 ގައި ފިނިހޫނުމިން ހުރީ 28 ޑިގްރީ ސެލްސިއަސްގައެވެ. އަދި ހެނދުނު 8:00 އާއި 11:00 އާ ދެމެދު ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ވޭތުވެދިޔަ އެއް ގަޑިއިރުގެ ތެރޭގައި 4.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވާއިރު، ވައިގެ ތެތްކަން ހުރީ 85 އިންސައްތައިގައި ކަމަށް މައުލޫމާތު ލިބެއެވެ.



