-01-40bb8a38.jpg)

ހދ. ހަނިމާދޫގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ 24 ގަޑިއިރު ޚިދުމަތްދޭ އޭޓީއެމްއެއް އެ ރަށުގައި ރަސްމީކޮށް ހުޅުވައިފިއެވެ.
މި އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، ޙުސައިން ޒާމިރެވެ.
މި އޭޓީއެމްގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް މުހިއްމު ބޭންކިންގ ޚިދުމަތްތައް ހޯދުމަށް އިތުރު ފަސޭހަކަމަކާއި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މި އިސްނެގުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ޚާއްސަކޮށް ވެރިރަށް މާލެ ފިޔަވައި އެހެން ރަށްރަށުގައި މާލީ ޚިދުމަތްތައް ފުޅާކުރުމަށް އެޅުނު އިތުރު ފިޔަވަޅެކެވެ.
މި އައު ޚިދުމަތާއެކު، ހަނިމާދޫގެ ރައްޔިތުންނަށް އަސާސީ އޭޓީއެމް މުއާމަލާތްތައް ކުރުމަށްޓަކައި އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި، ދުވަހުން ދުވަހަށް ބޭނުންވާ ބޭންކިންގ ޚިދުމަތްތައް ކުރިއަށްވުރެ ފަސޭހައިން ލިބިގެންދާނެއެވެ.


