-01-40bb8a38.jpg)

ފުޓްބޯޅަ ކްލަބްތަކާއި ކުޅުންތެރިންގެ ޝަކުވާ އިންތިހާއަށް ގިނަވެފައި އޮތް އެފްއޭއެމް ޓާފް ދަނޑު 1ގައި ޓާފް އަޅާ ނިންމާލައިފިއެވެ.

މީގެ 12 އަހަރު ކުރިން ޓާފް ބަދަލުކޮށްފައިވާ މި ދަނޑުގެ ޓާފް ބަދަލު ނުކޮށްގެން ކުޅުންތެރިން ޝަކުވާކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. އާރުޑީސީއާ ޙަވާލުކޮށްގެން މިދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށްޓާފައިވަނީ އޮކްޓޫބަރ މަސްތެރޭގައެވެ. ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވުޒާރާއިން ޢާންމު ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން މިއަދުން ފެށިގެން މިދަނޑު ބޭނުން ކުރުމަށް ހުޅުވާލާނެއެވެ.
މާލޭގައި އެންމެ ގިނަބަޔަކު ފުޓްބޯޅަ ކުޅުމަށާއި މުބާރާތްތައް ބޭއްވުމަށް ބޭނުންކުރާ މިދަނޑު ނިމުމުން އެފްއޭއެމް ޓާފް ދަނޑު 2 ގެ ޓާފް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދިއުމަށް އެފްއޭއެމުންވަނީ ނިންމާފައެވެ.