-01-40bb8a38.jpg)

މާވަށުގައި ސިއްޙީ ޚިދުމަތްތައް ފުޅާކޮށް ރަނގަޅު ކުރުމަށް، އާ އިމާރާތް އެޅުމުގެ މަސައްކަތާ އެކު، ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ހެލްތު ސެންޓަރުގެ ވެރިޔާ އަދި ޕޮލިޓިކަލް ޑިރެކްޓަރު ޙުސައިން ނިޒާމް ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މެންދުރު ޓީވީ ގެ ރަށަށް ބާރު ޕްރޮގްރާމް ގަ ވާހަކަދައްކަވަމުން ނިޒާމް ވިދާޅުވީ، މިހާރު ބޭނުންކުރަމުންދާ ސިއްޙީ މަރުކަޒުގެ ޢިމާރާތަކީ 2000 ވަނަ އަހަރު ޢިމާރާތްކުރި ފަހުން މާ ބޮޑު ބަދަލެއް ގެނެވިފައިނުވާ ތަނެއް ކަމަށެވެ. އަދި މި ޚިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމުގެ މަސައްކަތުގެ ދަށުން، މިހާރު އައު ޢިމާރާތެއް ތަރައްޤީ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ކުއްލި ފަރުވާ ދިނުމުގައި ހުރި ދަތިތައް ފާހަގަ ކޮއްލަމުން، ސްޓްރޯކް ޖެހުމާއި ހާޓް އެޓޭކް ފަދަ ނުރައްކާތެރި ސިއްޙީ ހާލަތްތަކަށް ފަރުވާ ދިނުމުގެ ޤާބިލުކަން މިވަގުތު އެ މަރުކަޒުގައި ނެތް ކަމަށަ ވިދާޅުވިއެވެ.
އަދި ކަނޑުގަދަ ދުވަސްވަރު ކުއްލި ހާލަތްތަކުގައި ބަލިމީހުން އެހެން ތަންތަނަށް ގެންދިއުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށާއި، ދަތުރުފަތުރުގެ ދަތިކަމުގެ ސަބަބުން ވަގުތުން ލިބެންޖެހޭ ފަރުވާ ނުލިބި ލަސްވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ޚާއްޞަ ސީ އެމްބިއުލާންސެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ނިޒާމް ވިދާޅުވީ، ސީ އެމްބިއުލާންސަކަށް އެދުމުން އެމްބިއުލާންސެއް އައުމަށް ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވާ ކަމަށެވެ.






