-01-40bb8a38.jpg)

އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ވަށައިގެން ހުރި އިމާރާތްތަކަށް ލިބިފައިވަނީ ކުދި ކުދި ގެއްލުންތައް ކަމަށާއި އެހެންނަމަވެސް ގެއްލުން ލިބުނު އިމާރާތްތަކުގެ ރެޕިޑް އެސެސްމަންޓް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލާނެކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
މެންދުރު ޓީވީގެ ހަބަރުގައި މައުލޫމާތު ދެެއްވަމުން ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ ދިވެހިންނެކޭ އެއްފަދައިން ބިދޭސީންނަށް ވެސް އެހީ ތެރިކަން ފޯރުކޮށްދީފައިވާނެކަމަށެވެ.
"ގެއްލުންވި އިމާރާތްތަކުގައި އުޅޭ 3 ގެއެއްގެ 29 މީހުންނަށް 5 ދުވަހަށް ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނަން."
އެސެސްމަންޓް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެކަމަށާއި އަލިފާނުގެ ހާދިސާގައި ވަށައިގެން ހުރި އިމާރާތްތަކަށް ލިބިފައިވަނީ ކުދި ކުދި ގެއްލުންތައްކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ އެ އިމާރާތްތަކަކީ ސީދާ އަލިފާނުގެ ސަބަބުން ގެއްލުންވި ތަންތަން ނޫންކަމަށެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން 50 މީހުން އެހީތެރި ކަމަށް އެދުނު ކަމަށާއި އެ މީހުންގެ ރަޖިސްޓްރޭޝަން ހަދާފައިވާކަމަށް އިއްޔެ އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
ހައުސިން މިނިސްޓްރީގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 3 މިނިސްޓްރީއެއްގެ ހިންގުން ވަނީ ހުއްޓިފައެވެ.




-b06441f9.jpg)