-01-40bb8a38.jpg)

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުން ކާލް ސްޓަމްކޭ އިސްތިއުފާ ދެއްވައިފި އެވެ.
ގައުމީ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އިސްތިއުފާ ދިންކަން ކަށަވަރުކޮށްދީފަ އެވެ.
ނަމަވެސް އަންނަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޭންކުގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އާ ހަމައަށް ސްޓަމްކޭ ސީއީއޯގެ މަގާމުގައި ދެމިހުންނާނެ އެވެ.
އިންތިގާލީ މުއްދަތުގައި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ލީޑާޝިޕްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ބޭންކުގެ ހިންގުން ބަލަހައްޓާނެ އެވެ.
މިއާއިއެކު، ޑިރެކްޓަރުންގެ ބޯޑުން ވަނީ ސްޓަމްކޭގެ މަގާމަށް ބޭފުޅަކު ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.