-01-40bb8a38.jpg)

ކުރިއަށްއޮތް ފިތުރު ޢީީދުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ދެ ރަށަށް އީދު ލައިޓު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިދިޔަ އަހަރު ކުރިއަށްގެންދިޔަ ގޮތަށް ޢީދު ހަރަކާތްތައް މިފަހަރުވެސް ކުރިއަށްގެންދިޔުމަށް އެވުޒާރާއިން ތައްޔާރުވަމުންދާކަމަށާއި، މިއަހަރު އެހަރަކާތް ކުރިއަށްގެންދާ އިތުރު ރަށްތަށް ކަނޑައަޅާފައިވަނީ އާބާދީގެ ނިސްބަތަށް ބަލައިގެންކަމަށެވެ. އަދި މިދިޔަ އަހަރު އައްޑޫ އަށާއި ފުވައްމުލަކަށް އީދު ލައިޓުތައް ފޮނުވާފައިވާތީ، މި އަހަރު އެ ރަށްތަކަށް ލައިޓު ނުފޮނުވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން އެ ތަކެތި ހޯދުމުގެ މަސައްކަތް ސްޓެލްކޯ އާއި ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށްގެން ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.






