-01-40bb8a38.jpg)

ޑައިލިސިސްގެ ޚިދުމަތަކީ ފުރާނައާއި ގުޅިފައިވާ ފަރުވާއެއްކަމަށާއި އެއީ ކަނޑައެޅިފައި އޮންނަ ވަކި ތަރުތީބަކުން ކުރަންޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ހއ. އިހަވަންދޫ "އާމިނާދިޔޯ" ސިއްހީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ޚިދުމަތް ހޯދުމަކީ ހަރަދު ބޮޑު ފަރުވާއެއްކަމަށާއި، ދިގުދެމިގެންދާ ފަރުވާއެއްކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ޚިދުމަތެއް ހޯދުމަށް މާލެ އަންނަން ޖެހުމަކީ ބަލިމީހާއަށް ނުއުފުލޭވަރުގެ ބުރައަކަށްވާނެކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މެޑަމް ސާޖިދާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ކިޑްނީގެ ބަލި ތަހައްމަލްކުރާ މީހުންގެ އިހްސާސްތައް ދެނެގަންނަންޖެހޭކަމަށެވެ. އަދި އެމީހުންނަށް އެންމެންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.






