-01-40bb8a38.jpg)

މާލެ، ރަސްފަންނު ސަރަހައްދުގެ މޫދަށް ކަޅުތެޔޮ އެޅިފައިވާތީ އެ ސަރަހައްދުގެ މޫދަށް ނޭރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
"އެކްސް" ގައި ކުރި ޕޯސްޓެއްގައި މިއަދު ފުލުހުން ބުނީ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ރަސްފަންނު ސަރަހައްދު ބަލަހައްޓަމުން އަންނަ ކަމަށާ އަދި އެ ސަރަހައްދުގެ މޫދަށް ކަޅުތެޔޮ އެޅިފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރަސްފަންނު ސަރަހައްދު މޫދަށް ކަޅު ތެޔޮއެޅިފައިވާތީ އެ ސަރަހައްދުގެ މޫދަށް މިދުވަސްވަރު ނޭރުމަށާއި، މޫދުގައި ހިންގާ އެއްވެސް ހަރަކާތެއް އެސަރަހައްދުގެ މޫދުގައި ނުހިންގުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ތެޔޮ ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.



