-01-40bb8a38.jpg)

ބާސެލޯނާގެ ފޯވަރޑް ރަފީނިޔާ މިއަހަރުގެ ލަލީގާ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދައިފިއެވެ.
މި މަޤާމަށް ވާދަކުރި އެހެން ކުޅުންތެރިންގެ ތެރޭގައި ލަމީން ޔަމާލް، ރޮބަޓް ލެވަންޑޮވްސްކީ، ކިލިއަން އެމްބާޕޭ، ޖޫޑް ބެލިންގްހަމް، ވިނީސިއަސް ޖޫނިއަރ، ޕެޑްރީ އަދި އިސްކޯ ފަދަ ކުޅުންތެރިން ހިމެނެއެވެ.
ރަފީނޮޔާ ވަނީ މިދިޔަ ސީޒަންގައި ބާސެލޯނާއަށް ފާހަގަކޮށްލެވޭ ފަދަ ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ 18 ގޯލު ޖަހައި، 11 އެސިސްޓް ދީފައެވެ. އަދި ޓީމުގެ ހަމަލާގެ އިސް ދައުރެއް އަދާކޮށް، މުހިންމު ވަގުތުތަކުގައި އިސްނަގައިގެން ކުޅެފައިވެއެވެ.
އަނެއްކޮޅުން، 2025 ވަނަ އަހަރުގެ ބެލަންޑިއޯ އެވޯޑަށް ވާދަކުރާނެ ކަމަށް ބެލެވޭ 17 އަހަރުގެ ޓީނޭޖް ސްޓާރ ލަމީން ޔަމާލް ވަނީ އަންޑަރ 23 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައެވެ.






