-01-40bb8a38.jpg)

މާފަރުގެ ވަލު ސަރަހައްދުގައި ހެދިފައި އެއްވެސް މިދިލި ގަހަކުން ދޮންމަދު ބިނުމަކީ މިއަދުން ފެށިގެން މަނާ ކަމެއް ކަމަށް އެ ކައުންސިލުން އިއުލާންކޮށްފިއެވެ.
މިދިލި ގަސްތަކުގައި އަޅާ މަދު ހޮވައިގެން ވިއްކުމަކީ ގިނަ ބަޔަކު އާމްދަނީ ހޯދުމުގެ ގޮތުން ކުރަމުން އަންނަ ކަމެއް ކަމަށްވާތީ، މަދު ހޮވުމަށް ޚާއްޞަކޮށްފައިވާ ވަގުތުތައް ފިޔަވާ އެހެން ވަގުތު ތަކުގައި ވަލަށް ވަދެ މަދު ބިނުމަކީ މަނާކަމެއްކަމަށް ކައުންސިލުން ވަނީ އަންގާފައެވެ.
މަދު ބިނުން މަނާކޮށްފައިވާތީ ރަށުގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މާފަރު ނޫނަސް މިހާރަކަށް އައިސް ބައެއް ރަށްރަށުގައި މިފަދަ އިއުލާންތައް ކުރާތީ ފެނެއެވެ.