-01-40bb8a38.jpg)

ފަތުރުވެރިކަމާ ގުޅުންހުރި އެކިއެކި ބޭނުންތަކަށް ށ.ފުނަދޫން 5 ބިމެއް ދޫކުރުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.
އެގޮތުން 30 އަހަރުގެ މުއްދަތަށް ދޫ ކުރާ މި ބިންތައް ދޫކުރަނީ އެރަށު ގޮނީ ފެންގަނޑުގެ ދެކުނުންނެވެ.
މި ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެއްވުމަށް [email protected] އަށް 2025 ޖުލައި 03 ވާ ބުރާސްފަތިދުވަހުގެ 13:00 ގެ ކުރިން އީމެއިލް ކުރުމަށް ކައުންސިލުން ވަނީ އެދިފއެވެ.
އަދި ރަޖިސްޓްރީ ކުރައްވަން ހުށައަޅުއްވާފަރާތްތަކުން 500/-ރ ކައުންސިލްގެ އެކައުންޓަށް ޖަމާކުރަން ޖެހެއެވެ.
ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 ޖުލައި 13ވާ އާދިއްތަދުވަހުގެ 13:00 ގައި ފުނަދޫ ކައުންސިލްގެ އިދާރާގައެވެ.





