-01-40bb8a38.jpg)

ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑީޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް ވިދާޅުވީ، ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް ކަމަށާއި، ލައިބްރަރީ ޚިދުމަތުގައި އަވަދިނެތި ބުރަކޮށް އުޅުއްވާ ހުރިހާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އަރިސްކޮށް، ޝުކުރު ދަންނަވާ ކަމަށެވެ.
ރައީސް އެފަދައިން ވިދާޅުވިއިރު، ރާއްޖޭގެ އައު އިސްލާމީ ކުތުބުޚާނާ، މިރޭ ހުޅުވުމަށް ވަނީ ތައްޔާރުވެފައެވެ. މި ލައިބްރަރީ ހުޅުވަނީ، ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައި އެވެ. މިތަނުގައި 15،000އަށް ވުރެ ގިނަ ފޮތް ހުންނާނެއެވެ.


