logo
E-Platinum
ޚަބަރު

މަސްވެރިކަމާއި އެކުއަކަލްޗާގެ ދާއިރާއިން ގުޅުން ބަދަހިކުރަނީ

އާމިނަތު ޝަފާ
25 ޖުލައި 2025 - 12:48
މަސްވެރިކަމާއި އެކުއަކަލްޗާގެ ދާއިރާއިން ގުޅުން ބަދަހިކުރަނީ

މަސްވެރިކަމާއި އެކުއަކަލްޗަރގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި އިންޑިއާ އާއި ރާއްޖެއިން ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި، އިންޑިއާގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެނިމަލް ހަސްބަންޑްރީ އެންޑް ޑެއިރީންގެ ދަށުން ހިނގާ ޑިޕާޓްމަންޓް އޮފް ފިޝަރީޒްއާ އެކުގައެވެ.

މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ، ދެމެހެއްޓެނިވި ގޮތުގައި ކަނޑުމަހުގެ މަސްވެރިކަން ކުރިއެރުވުމާއި، ދެމެހެއްޓެނިވި ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމާއި، އެކުއަކަލްޗަރ ކުރިއެރުވުމާއި ތިމާވެއްޓާ ރައްޓެހި މަސްވެރި-ފަތުރުވެރިކަން ކުރިއެރުވުމާއި، އަދި ދެ ޤައުމުގައި ވެސް، އިޖާދީ ކަންކަމާއި ސައިންޓިފިކް ދިރާސާތައް ކުރުމަށް، އެހީތެރިވެދިނުމެވެ.

މީގެ އިތުރުން، ވެލިއު ޗެއިން ތަރައްޤީކުރުމާއި، ތަމްރީނާއި، ދިރާސާތަކުގައި، އެއްބާރުލުން ދީ މަސްވެރިކަމުގެ ދާއިރާގެ ޤާބިލުކަން އިތުރުކުރުމާއި ދިވެހި ރާއްޖޭގެ މެރިކަލްޗަރ ދާއިރާގައި، އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމާއި، އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެއެވެ.

މި ފަހުމުނާމާއަކީ ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަމުގެ ވަސީލަތްތައް ބޭނުންކުރުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް ދެ ޤައުމުން ކުރާ މަސައްކަތްތަކަށް ވެސް އެހީތެރިވެވޭނެ ފިޔަވަޅެކެވެ. މިގޮތުން، ދެ ޤައުމުގެ މެދުގައި ހިއްސާކުރެވޭ މަޢުލޫމާތާއި، ތަޖުރިބާގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފަސޭހަ ވެގެންދާނެއެވެ.

މިފަހުމުނާމާއަކީ ދިވެހިރާއްޖެ އާއި އިންޑިއާގެ މެދުގައި މަސްވެރިކަމުގެ ދާއިރާގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ދެ ޤައުމުގެ މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މީގެ ސަބަބުން ދެ ޤައުމުގެ މަސްވެރިކަމުގެ ދާއިރާއަށް ފައިދާކުރަނިވި ނަތީޖާތަކެއް ޙާޞިލުކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ކުރިއަރައިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިކަމާއި އެކުއަކަލްޗާގެ ދާއިރާއިން ގުޅުން ބަދަހިކުރަނީ ޚަބަރު | 19 ގަޑިއިރު ކުރިންފްރޮމް މޯލްޑިވްސްގެ ނަމުގައި މަސްވެރި އުފެއްދުންތަކަށް ޤައުމީ ބްރޭންޑެއް ތަޢާރަފުކޮށްފި ޚަބަރު | 9 ދުވަސް ކުރިންމަސްވެރިކަމާއި ގުޅޭ ދެ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 15 ދުވަސް ކުރިންމަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަޢޫދީއާއެކު މަޝްވަރާކޮށްފިޚަބަރު | 16 ދުވަސް ކުރިން