logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަޢޫދީއާއެކު މަޝްވަރާކޮށްފި

ޝަހްޒާ މުހައްމަދު
10 ޖުލައި 2025 - 07:22
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަޢޫދީއާއެކު މަޝްވަރާކޮށްފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ހަރުދަނާކުރުމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް، ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އިޙްތިރާމްގެ ޒިޔާރަތެއްގެ ގޮތުގައި ބޭއްވުނު މި ބައްދަލުވުމުގައި، މަސްވެރިކަމުގެ ދާއިރާގެ އިތުރުން ރާއްޖޭގެ ނޫ އިޤްތިޞާދު އިތުރަށް ތަރައްޤީކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ނޫ އިޤްތިޞާދު ކުރިއެރުވުމަށް ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެވިދާނެ އެއްބާރުލުމާއި އެހީތެރިކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބައްދަލުވުމުގައި ސަޢޫދީ ފަންޑް ފޯރ ޑިވެލޮޕްމެންޓް މެދުވެރިކޮށް އެ ޤައުމުން ރާއްޖެއަށް އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ސަޢޫދީ ސަފީރު ދެއްވިއެވެ. މީގެ ތެރޭގައި، މ. މުލަކު އަދި ކޫއްޑޫގައި ހުންނަ ކޯލްޑްސްޓޯރޭޖް ކެޕޭސިޓީގެ އިތުރުން ރިސާޗް އެންޑް ކޮންޒަވޭޝަންގެ ދާއިރާގެ ކަންކަން ހިމެނެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި މި ބައްދަލުވުމަކީ ވަރަށް އުފެއްދުންތެރި ބައްދަލުވުމެކެވެ. އަދި މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

މިހާރުގެ ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ އިންތިޒާމު ހަމަޖައްސައި، މަސްވެރިކަމަށް ނިކުތުމަށް އިތުރު ހިތްވަރެއް ލިބިދީފައިވާކަން ފާހަގަކުރެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީއަލި އަލިފާނުގެ ހާދިސާ: ލިބުނު ގެއްލުންތަކަށް ސަރުކާރުން ހައްލު ހޯދައިދޭނެ: ޝިޔާމްޚަބަރު | 2 ދުވަސް ކުރިންތެލުގެ އަގު އުފުލުމާ ގުޅިގެން، މަސްވެރި ސިނާއަތަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިޚަބަރު | 5 ދުވަސް ކުރިންކަނޑުމަހުގެ މަސްވެރިކަމަށް "ސީފުޑް ވޮޗް" ގެ ރޭޓިންގ އެއް ލިބުނު ފުރަތަމަ ގައުމަކަށް ރާއްޖެޚަބަރު | 6 ދުވަސް ކުރިންއިންތިޚާބުގައި ރައީސް މުޢިއްޒާއި މެޑަމް ސާޖިދާ ދެއްކެވީ އާދަޔާޚިލާފް ހިތްވަރާއި ރީތި ނަމޫނާއެއް: ޝިޔާމްޚަބަރު | 9 ދުވަސް ކުރިން