logo
Bank of Maldives

Bank of Maldives

ޚަބަރު

ފީއަލި އަލިފާނުގެ ހާދިސާ: ލިބުނު ގެއްލުންތަކަށް ސަރުކާރުން ހައްލު ހޯދައިދޭނެ: ޝިޔާމް

އައިޝަތު އިނާޝާ
12 އޭޕްރީލު 2026 - 12:04
ފިޝަރީޒް މިނިސްޓަރ ޝިޔާމް
ފިޝަރީޒް މިނިސްޓަރ ޝިޔާމް

ފ.ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި އެރަށު އައިސްޕްލާންޓަށާއި މަސްވެރިކަންކުރާ ބައެއް ދޯނިތަކަށް ލިބުނު ގެއްލުންތައް ބަލާ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓްރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ފ.ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވުމުގެ ސަބަބުން އެ ރަށުގައި މިފްކޯއިން ހިންގަމުން ދިޔަ އައިސްޕްލާންޓާއި ފާނަ މަސްވެރިކަންކުރާ 2 ދޯންޏެއް ވަނި ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އިތުރު ބައެއް އެހެން އުޅަނދުތަކަށްވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

2-1775984288276 (1).webp

ފ. ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެރަށުގައި މިފްކޯ އިން ހިންގަމުން ދިޔަ އައިސްޕްލާންޓަށާއި ބައެއް މަސް ދޯނިތަކަށް ލިބުނު ގެއްލުންތައް ބެލުމަށް މިނިސްޓްރީގެ ޓީމެއް ވަނީ އެ ރަށަށް ޒިޔާރަތްކޮށްފައެވެ.

މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މިކަމުގެ ސަބަބުން ލިބުނު ގެއްލުންތައް ވަރަށް ކައިރިން މި މިނިސްޓްން ބަލަމުން އަންނަކަމަށެވެ. އަދި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ބަލާ އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގދ.ތިނަދޫ އިން ސަބްސިޑައިޒް އަގުގައި މިހާރު ތެޔޮ ލިބޭނެޚަބަރު | 3 ގަޑިއިރު ކުރިންއައި.އޯ.ޓީ.ސީގެ 30 ވަނަ ބައްދަލުވުން ރާއްޖޭގައި ފަށައިފިޚަބަރު | 23 ދުވަސް ކުރިންއައިއޯޓީސީގެ 30 ވަނަ ސެޝަން ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެއްޖެޚަބަރު | މަހެއް ކުރިންބާސެލޯނާގައި ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ހާއްސަ ހަރަކާތެއްޚަބަރު | މަހެއް ކުރިން