logo
Bank of Maldives

Bank of Maldives

ޚަބަރު

އައި.އޯ.ޓީ.ސީގެ 30 ވަނަ ބައްދަލުވުން ރާއްޖޭގައި ފަށައިފި

މަރިޔަމް މާޙީ
11 މޭ 2026 - 08:50
އައި.އޯ.ޓީ.ސީގެ 30 ވަނަ ބައްދަލުވުން ރާއްޖޭގައި ފަށައިފި

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ ބައްދަލުވުން ރާއްޖޭގައި ރަސްމީކޮށް ފަށައިފިއެވެ.

މި ބައްދަލުވުން ފެށުމަށް ބޭއްވި އިފްތިތާހީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިޔާމް ވަނީ ދިވެހި ރައްޔިތުންނާއި ކަނޑާ އޮތް ބަދަހި، ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމަށް ރާއްޖޭން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކަށް އެމަނިކުފާނު ތާއީދު އާކުރެއްވިއެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ އެއްބާރުލުމާއި، ސައިންސީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމުގައި، އައްސޭރިފަށުގެ ގައުމުތަކާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އަޑާއި އެ ގައުމުތަކުގެ ހާލަތްތައް ހިމެނޭކަން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރ އިރުތިޝާމް ޢަބްދުﷲ އާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އަދި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ޢަލީ ޝަރީފް ހިމެނިވަޑައިގަންނަވައެވެ.

ފޮރިން މިނިސްޓަރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު ތަނބުތަކަކީ ފަތުރުވެރިކަމާއި، ވިޔަފާރި އަދި ކަނޑުމަސްކަން ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަގުވާމީ ކަނޑުތަކާ ގުޅުންހުރި "ބީ.ބީ.އެން.ޖޭ" އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމުގެ މުހިންމުކަމަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

އައި.އޯ.ޓީ.ސީގެ މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ކަނޑުތަކުގެ ވެށި ބެލެހެއްޓުމުގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް ސަރުކާރުން ދެއްވާ މުހިންމުކަން ހާމަކޮށްދޭ ދަލީލެކެވެ.

މި ބައްދަލުވުމަށް ރާއްޖެ ވަޑައިގެންނެވި ހުރިހާ މަންދޫބުންނަށް ސަރުކާރުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ކޮމިޝަނުން ކުރިއަށްގެންދާ މަޝްވަރާތަކަކީ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމަށް ނަތީޖާ ނެރެވޭނެ ކާމިޔާބު މަސައްކަތްތަކަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައި.އޯ.ޓީ.ސީގެ 30 ވަނަ ބައްދަލުވުން ރާއްޖޭގައި ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންއައިއޯޓީސީގެ 30 ވަނަ ސެޝަން ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެއްޖެޚަބަރު | 9 ދުވަސް ކުރިންބާސެލޯނާގައި ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ހާއްސަ ހަރަކާތެއްޚަބަރު | 19 ދުވަސް ކުރިންފީއަލި އަލިފާނުގެ ހާދިސާ: ލިބުނު ގެއްލުންތަކަށް ސަރުކާރުން ހައްލު ހޯދައިދޭނެ: ޝިޔާމްޚަބަރު | މަހެއް ކުރިން