logo
Bank of Maldives

Bank of Maldives

ޚަބަރު

ދެ އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގައި މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ: ވަޒީރު ޝިޔާމް

އައިޝަތު އިނާޝާ
25 ޖޫން 2026 - 06:46
ދެ އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގައި މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ: ވަޒީރު ޝިޔާމް

ރާއްޖޭގެ ދެ އަތޮޅެއް ފިޔަވާ އެހެން ހުރިހާ އަތޮޅަކުން އަގު ހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބެނޭ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މެދު އިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ މަސްވެރި ސިނާއަތަށް އޭގެ ނެދެވޭ އަސަރުކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ސަބަބުން މަސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކާ ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. އެގޮތުން މަސްވެރިންނަށް ވިއްކާ ތެޔޮ ހެޔޮ އަގުގައި ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެތެރެއިން މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ މަސްވެރިން މަސް ކަނޑުތަކަށް ނެރުމަށްޓަކާ ކުރެވުނު މަސައްކަތްތައްކަމަށް ވަޒިރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ މިވަގުތު ރާއްޖޭގެ ދެ އަތޮޅެއް ފިޔަވާ އެހެން ހުރިހާ އަތޮޅަކުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ދެ އަތޮޅެއް ފިޔަވާ ހުރިހާ އަތޮޅަކުން މިވަގުތުވެސް މި އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމުތައް މިވަނީ ހަމަޖެހިފައި. އެއީ މިވަގުތު މ. އަތޮޅާއި ލ.އަތޮޅުން އަޅުގަނޑުމެންނަކަށް ސީދާ ކޮންމެ ދުވަހަކު ތެލެއް ނުވިކޭ. އެހެންނަމަވެސް ބައެއްފަހަރު މިފްކޯގެ ބޯޓުން ތެޔޮ ލިބޭނެ އިންތިޒާމުތަކާއެކީގައި މި ދެ އަތޮޅުންވެސް ކޮންމެސްވަރަކަށް އަޅުގަނޑުމެންނަށް ތެޔޮ ވިކޭ.

މިކަން ހައްލު ކުރުމަށްޓަކާ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ހާލަތުގައިވެސް މަސްވެރިކަމުގެ ސިނާއަތް ހުއްޓުނަނުދީ ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދުގެ މަތިން، ސަރުކާރުން ވަނީ މަސްވެރި، އުޅަނދުފަހަރަށް ހެޔޮ އަގެއްގައި ޑީސަލް ވިއްކަން ފަށާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގައި މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ: ވަޒީރު ޝިޔާމްޚަބަރު | 2 ގަޑިއިރު ކުރިންކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް "އެންމެން މޫދަށް" ނަމުގައި ހާއްސަ ހަރަކާތެއްޚަބަރު | 5 ދުވަސް ކުރިންފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދިޔަ މަސްރޭސް ނިމިއްޖެޚަބަރު | 5 ދުވަސް ކުރިން6 ޖޫން ގެ ނިޔަލަށް މިފްކޯ އަށް މަސްކިރުވި ދޯނިތަކަށް 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 16 ދުވަސް ކުރިން