logo
MPL

MPL

ޚަބަރު

ކައުންސިލްތަކާ ގުޅިގެން މަސްވެރިކަމުގެ ދާއިރާއިން ކުރިއަށް ގެންދާ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
28 ޖޫން 2026 - 16:34
ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދިޔަ މަސްވެރިމުގެ އުފެއްދުންތައް އުފެއްދުމުގެ ތަމްރީނެއް، ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދިޔަ މަސްވެރިމުގެ އުފެއްދުންތައް އުފެއްދުމުގެ ތަމްރީނެއް، ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަދި މި ސިނާއަތަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމްތަކަކީ ރަށު ކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ތަމްރީނުތަކުގެ މައިގަނޑު މަޤްސަދަކީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވުމާއި، މަހާއި މަހުގެ އަގުއެއްކުރި އުފެއްދުންތައް އިތުރުކޮށް އައު މާކެޓްތައް ހޯދުމެވެ. މީގެ އިތުރުން މަސްވެރިކަމުގެ އައު ބާވަތްތައް ތައާރަފްކޮށް، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަކީވެސް މި ޕްރޮގްރާމްގެ އަމާޒެކެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮގްރާމްގެ ދަށުން މަސްވެރި ސިނާއަތުގައި ކަނބަލުންގެ ހިއްސާ އިތުރުކޮށް، ރަށު ފެންވަރުގައި މަސްވެރި އުފެއްދުންތައް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް ތައްޔާރުކުރުމަށް ބޭނުންވާ ތަމްރީނުތައް ދެވޭނެއެވެ. މީގެ ތެރޭގައި ތަފާތު ބާވަތްތަކުގެ އުފެއްދުންތައް ތައްޔާރުކުރުމަށް އަހުލުވެރިކުރުވުން ހިމެނެއެވެ.

2026 ވަނަ އަހަރަށް ތާވަލުކުރެވިފައިވާ ތަމްރީނުތައް

2026 ވަނަ އަހަރު މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ތަމްރީނު ޕްރޮގްރާމެކެވެ. އެއީ:

  • ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް) ގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމް.
  • އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމް.

މި ތަމްރީނުތައް އެ ރަށެއްގައި ހިންގުމަށް ޝައުގުވެރިވާ ރަށު ކައުންސިލްތަކުން، 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީއަށް ސިޓީ ހުށަހަޅަންޖެހެއެވެ. ސިޓީ ހުށަހަޅާއިރު އެ ރަށެއްގައި ކުރިއަށް ގެންދަން ބޭނުންވާ ވަކި ތަމްރީނެއް ސާފުކޮށް ބަޔާންކުރަންވާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންނަށް ދޫކުރި ލޯނުގެ އަދަދު 15 މިލިއަން ރުފިޔާއަށް އަރައިފިޚަބަރު | 4 ދުވަސް ކުރިންމަސްވެރިންގެ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 އާ ހަމައަށް ހުޅުވާލައިފިޚަބަރު | 17 ދުވަސް ކުރިން ކައްޗަލަ އެކްސްޕޯޓްކުރެވޭނެ މިންވަރާއި ހަމަތައް ކަނޑައަޅައި 7 ފަރާތަކަށް ކޯޓާ ދޫކޮށްފި ޚަބަރު | މަހެއް ކުރިންބުޅަލަށް ހާއްސަ "ކެޓް އައިލެންޑް" އެއް ތަރައްގީކުރަނީޚަބަރު | 2 މަސް ކުރިން