logo
Bank of Maldives

Bank of Maldives

ޚަބަރު

ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދިޔަ މަސްރޭސް ނިމިއްޖެ

ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދިޔަ މަސްރޭސް ނިމިއްޖެ

މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމު ކޮށްގެން ބޭއްވި ފަރުމަސް މުބާރާތް ނިމިއްޖެއެވެ.

މިއީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މުބާރާތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްދިޔަ ޖޫން 19 ވަނަ ދުވަހު ބޭއްވި މިމުބާރާތުގައި ޖުމްލަ 109 ޓީމެއް ބައިވެރިވިއެވެ. އޭގެ ތެރޭގައި ގްރޭޓަރ މާލެ ސަރަހައްދުން ބައިވެރިވި 18 ޓީމުވެސް ހިމެނެއެވެ. މިމުބާރާތުން އެއްވަނަ ދެވަނަ އަދި ތިންވަނައަށް ދިޔަ ޓީމުތަކަށާއި އެންމެ ބަރު މަސް ބޭނި ފަރާތަށްވަނީ ފައިސާގެ އިނާމް ދީފައެވެ.


މި މުބާރާތުގެ އެއްވަނަ ބ. ތުޅާދޫ ދޮން އިސްމާޢީލް ޓީމުން ހޯދައިރު، އެޓީމަށް 30،000 ރުފިޔާ ވަނީ ދީފައެވެ. އަދި 2 ވަނަ ހޯދި ޏ.ފުވައްމުލަކު، މެޖިކްލީން ޓީމަށް 25،000 ރުފިޔާ، 3 ވަނައަށްދިޔަ ތ. ހިރިލަންދޫ، ކަޅަކައުންޑު އަށް 20،000 ރުފިޔާ ދީފައި ވެއެވެ.

މިމުބާރާތުގައި "އެންމެ ބަރު މަސް" ބާނައިފައިވަނީ ތުޅާދޫ، ދޮންއިސްމާޢީލް ޓީމުގެ މުހައްމަދު ހަބީބް ރިޔާޒްއެވެ. އެއީ 50.65 ކިލޯގެ މަހެކެވެ. އޭނާ އަށް ވަނީ އިނާމުގެ ގޮތުގައި 5000 ރުފިޔާ ދީފައެވެ.

ފަރުމަސް މުބާރާތުގައި މާލެ ސަރަހައްދުން 18 ޓީމު ވާދަކޮށްފައިވާއިރު، ވަނަތަކަށް އައި ޓީމުތަކަށް އެޗްޑީސީން ވަނީ ފައިސާގެ އިނާމް ދީފަފައެވެ.

ފަރުމަސް މުބާރާތުން މާލެ ސަރަހައްދުން ވަނަތައް ހޯދި ޓީމުތައް:

1 ވަނަ: ޗިލް ބްރޯޒް - 15،000 ރުފިޔާ
2 ވަނަ: އެންޒީ މޯލްޑިވްސް - 10،000 ރުފިޔާ
3 ވަނަ: ސިލްވަރ ގްރަންޓަރ - 5000 ރުފިޔާ

މާލެ ސަރަހައްދުން މި މުބާރާތުގައި "އެންމެ ބަރު މަސް" ބާނައިފައިވަނީ އޭވިއަން ޓީމުގެ ކިޔާން އަލްވީއެވެ.

މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވީ މިމަސްރޭސް ނިންމާލެވިފައިވަނީ ވަރަށް ކާމިޔާބުކަމާއެކުގައި ކަމަށެވެ. އަދި މިމުބާރާތުގައި ހުރިހާ އަތޮޅަކުންވެސް ބައިވެރިވެފައިވާތީ އެކަމަށްޓަކައި ކައުންސިލްތަކަށް ވަޒީރުވަނީ ޝުކުރުއަދާކުރައްވާފައެވެ.

މީގެއިތުރުން ސްޕޯޓްސް ފިޝިންގ އުސޫލުން ރާވައި ހިންގާ މިފަދަ ހަރަކާތްތަކަށް އަބަދުވެސް ވަރަށް ބޮޑުތަރުހީބެއް ލިބޭކަމަށާއި ސަބަބަކީ ރާއްޖޭގައި ސްޕޯޓްސް ފިޝިންގ ކޮމިޔުނިޓީ ހިއްސާކުރާ އިންސައްތަ ބޮޑުވަމުން ދިއުން ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ އިވެންޓްތައް ގިނަކުރުމަށް އަބަދުވެސް އެދެމުން އަަންނަކަން ފާހަގަކުރެއްވިއެވެ.

ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކޮންމެ އަހަރަކުވެސް މުޅި ރާއްޖެއަށް ހުޅުވާލައިގެން މަސްރޭހެއް ބޭއްވުމަށް ނިންމާފައިވާކަަން ހާމަކުރައްވާފައެވެ.

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ހިންގުމުގެ ބޭނުމަކީ މުޖްތަމަޢުތަކުގެ މެދުގައި ކަނޑުފަޅުތަކަށް އޮންނަ ލޯބި އަށަގަންނުވައި އެތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ރޫހު އާލާކުރުންކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަރުމަސްވެރިކަމަށް ހާއްސަ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައިޚަބަރު | 5 ދުވަސް ކުރިންމޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް މާދަމާ ފަށަނީޚަބަރު | 7 ދުވަސް ކުރިންމިފްކޯގެ އައިސްޕްލާންޓްތައް ފެނަކައަށް ބަދަލުކުރުން ވެގެންދިޔައީ "މުސީބާތަކަށް" ޚަބަރު | މަހެއް ކުރިންކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދާ މަސްވެރިކަމުގެ ދާއިރާގެ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ޚަބަރު | މަހެއް ކުރިން