logo
Bank of Maldives

Bank of Maldives

ޚަބަރު

މިފްކޯގެ އައިސްޕްލާންޓްތައް ފެނަކައަށް ބަދަލުކުރުން ވެގެންދިޔައީ "މުސީބާތަކަށް"

އަޙުމަދު ރިޝާން
14 ޖުލައި 2026 - 08:20
ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. --ފޮޓޯ/ މަޖިލިސް
ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. --ފޮޓޯ/ މަޖިލިސް

މިފްކޯގެ ބެލުމުގެ ދަށުގައި ހުރި އައިސްޕްލާންޓްތައް ފެނަކަ އަށް ބަދަލުކުރުމުން ވަރަށް ބޮޑު "މުސީބާތަކަށް" ވީ ކަމަށް ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ މިފްކޯގެ ބެލުމުގެ ދަށުގައި ހުރި އައިސްޕްލާންޓްތައް ކުޅެން ނޭނގެ ބަޔާކާ ހަވަލު ކުރުމުން ދެބައިކުޅަ އެއްބައި އައިސްޕްލާންޓްތައް ހަލާކުވެފައިވާ ކަމަށެވެ. އަދި އެބަދަލު އެގޮތަށް ގެނައީ އޭރު އޮތް ސަރުކާރުން ކަމަށް ވެސް ޝިޔާމް ފާހަގަ ކުރެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ މޫސުމީ މަސްވެރިކަމެއްކުރާއިރު، އައިސް އެކަށީގެންވާ ވަރަށް ނުލިބުމަކީ މަސްވެރިންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެވެ. އެކަށީގެންވާ ވަރަށް މަސްރައްކާކުރެވޭނެ ނިޒާމެއް ނެތުމުން ބޭރުގެ ބާޒާރުގައި މަހަށް ލިބެންޖެހޭ ހަމަ އަގު ނުލިބޭ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވެވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިންނަށް ދަތިވާ ކަންކަމުގެ ޖުމްލަ ހައްލެއް ގެނައުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިޔަށް އޮތްތާ މަސްދޯނީގައި ލޮނުފެން ފިނިކުރެވޭނެ ނިޒާމެއް ގާއިމު ކުރުމުން އައިސް ޕްލާންޓްތައް ހުންނަ ރަށްރަށަށް ދަތުރުކޮށްގެން އައިސް އަޅަން ކޮންމެހެން ނުޖެހޭނެ ކަމަށް ވެސް ޝިޔާމް ފާހަގަ ކުރެއްވެވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި އަހަރުތެރޭ 7 އައިސްޕްލާންޓެއް އޮޕަރޭޝަނަށް ގެންނާނެޚަބަރު | 9 ދުވަސް ކުރިންރައީސްގެ އަމާޒަކީ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ފަރާތްތަކަށް ބޯހިޔަވާހަކަން ލިބޭނެ މިންވަރަށް ތަންފީޒު ކުރުން: ޝިޔާމްޚަބަރު | 9 ދުވަސް ކުރިން މިދިޔަ މަހުގެ ނިޔަލަށް މަސްވެރިންނަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ ދޫކުރިޚަބަރު | 11 ދުވަސް ކުރިންބުޅަލަށް ހާއްސަ "ކެޓް އައިލެންޑް" އެއް ތަރައްގީކުރަނީޚަބަރު | 11 ދުވަސް ކުރިން