logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ މަހުގެ ނިޔަލަށް މަސްވެރިންނަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ ދޫކުރި

އައިޝަތު ނަޝާ
1 ސެޕްޓެމްބަރު 2026 - 15:34
 މިދިޔަ މަހުގެ ނިޔަލަށް މަސްވެރިންނަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ ދޫކުރި

މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށި ފަހުން މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްޤީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދެވި 250 މިލިއަން ރުފިޔާގެ ބެކްލޮގެއް އޮތް ކަމަށާއި،އަދި 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ގިނަ ބަޔަކު ފާޑުކީ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެކަމަށް ދެއްވި ޚާއްޞަ އަހައްމިއްޔަތުކަމުގެ ދަށުން އެ ބެކްލޮގް އެއްކޮށް ހަލާސްކޮށް، 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ފައްޓަވާފައިވާ ކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ މަސްވެރިންނާއި އަދި މި ސިނާޢަތުގައި ހަރަކާތްތެރިވާ މަސްވެރި ޢާއިލާތަކުގެ އަބަދުވެސް އޮންނަ އެއް ކަންބޮޑުވުމަކީ، ބާނާ މަހަށް ޤަވާއިދުން ފައިސާ ނުލިބޭ މައްސަލަ. މަސްވެރިންނަށް ޤަވާއިދުން ފައިސާ ނުލިބުމުގެ ދަތިކަމާއެކު، މީގެ ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން މަސްވެރިކަމަށް ނުކުންނަ ދިވެހިންގެ އަދަދު ދިޔައީ ދުވަހެއް ދުވަހަކަށް ދަށްވަމުން. އެހެންނަމަވެސް އެކަން ބަދަލުކުރުމަށް މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވަމުންދާ އެކިއެކި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ، މަސައްކަތް ކުރައްވަމުން"ވަޒީރު ޝިޔާމް

މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި އަހަރުތެރޭ 7 އައިސްޕްލާންޓެއް އޮޕަރޭޝަނަށް ގެންނާނެޚަބަރު | 11 ދުވަސް ކުރިންރައީސްގެ އަމާޒަކީ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ފަރާތްތަކަށް ބޯހިޔަވާހަކަން ލިބޭނެ މިންވަރަށް ތަންފީޒު ކުރުން: ޝިޔާމްޚަބަރު | 11 ދުވަސް ކުރިން މިދިޔަ މަހުގެ ނިޔަލަށް މަސްވެރިންނަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ ދޫކުރިޚަބަރު | 13 ދުވަސް ކުރިންބުޅަލަށް ހާއްސަ "ކެޓް އައިލެންޑް" އެއް ތަރައްގީކުރަނީޚަބަރު | 13 ދުވަސް ކުރިން