މި އަހަރުތެރޭ 7 އައިސްޕްލާންޓެއް އޮޕަރޭޝަނަށް ގެންނާނެ
3 ސެޕްޓެމްބަރު 2026 - 11:35
.webp&w=2048&q=75)
މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރުގެ ނިޔަލަށް އިތުރު 7 އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.
މި ސަރުކާރު ހަވާލުވިފަހުން މިހާތަނަށް 5 އައިސްޕްލާންޓެއް ތަރައްޤީކޮށް ޚިދުމަތްދޭން ފަށާފައިވާއިރު، މަސްވެރިންނަށް އައިސް ހޯދުމަށް ދުރަށް ދުއްވަން ނުޖެހޭނެ ގޮތް ހެދުމަށް ސަރުކާރުންދަނީ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

Ad by Hajj Corporation
މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިގޮތުގައި، މިއަހަރުގެ ނިޔަލަށް ނިންމުމަށް އަމާޒުހިފާފައިވާ 7 އައިސްޕްލާންޓުގެ ތެރޭގައި މ. ވޭވަށު، ޅ. ނައިފަރު، ލ. މާބައިދޫ، ލ. މާވަށް، ލ. ހިތަދޫ، އއ. އުކުޅަސް އަދި ބ. ކުޑަރިކިލު ހިމެނެއެވެ. މީގެ ބައެއް ޕްލާންޓުތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު އަނެއްބައި ރަށްރަށުގައި ފެށުމުގެ މަރުހަލާގައިވެއެވެ.
މި މަޝްރޫޢުތަކުގެ އިތުރުން، އަންނަ އަހަރުގެ ކުރީކޮޅު 30 ޓަނުގެ އިތުރު 11 އައިސްޕްލާންޓު ތަރައްޤީކޮށް ނިންމުމަށް ސަރުކާރުންވަނީ ރާވާފައެވެ. އެގޮތުން ހދ. ކުޅުދުއްފުށި، ދ. ހުޅުދެލި، މ. މުލައް، ގއ. ދާންދޫ، ކ. ގާފަރު، ހއ. ދިއްދޫ، އއ. ރަސްދޫ، ގދ. ރަތަފަންދޫ، ގއ. ނިލަންދޫ، ގއ. ވިލިގިލި އަދި ށ. ކޮމަންޑޫގައި މި ޕްލާންޓުތައް ޤާއިމުކުރާނެއެވެ.
މި ހުރިހާ މަޝްރޫޢުތަކާއެކު ޖުމްލަ 23 އައިސްޕްލާންޓު ތަރައްޤީކޮށް، 630 ޓަނުގެ އައިސް އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރެވޭނެއެވެ. އައިސް ލިބުމުގެ ދަތިތައް ހައްލުކުރުމުގެ އިތުރުން، ދޯނިތަކުގައި މަސް ފިނިކުރާ ނިޒާމު ޤާއިމުކުރުމަށްވެސް ސަރުކާރުންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

-01.jpg&w=3840&q=75)
