logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

ބާސެލޯނާގައި ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ހާއްސަ ހަރަކާތެއް ބާއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 އޭޕްރީލު 2026 - 19:10
ބާސެލޯނާގައި ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ހާއްސަ ހަރަކާތެއް

ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ "ދަ ގްލޯބަލް ސީފުޑް މާކެޓް ޕްލޭސް 2026" އެގްޒިބިޝަންގެ ތެރެއިން، ރާއްޖޭގެ މަސްވެރިކަން ބައިނަލްއަގުވާމީ މާކެޓްގައި އިޝްތިހާރު ކުރުމަށްޓަކައި "ދިވެހިރާއްޖެ އިން ދުނިޔެއަށް" މި ޝިއާރުގެ ދަށުން ހާއްސަ ޕެނަލް ޑިސްކަޝަނެއް ބާއްވައިފިއެވެ.

މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނުން މައުލޫމާތު ދިން ގޮތުގައި މި އިވެންޓުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން، މިފްކޯ އާއި އަމިއްލަ މަސް ކުންފުނިތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕެނަލް ޑިސްކަޝަންގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މާކެޓްގައި ދިވެހި މަހުގެ އުފެއްދުންތަކަށް މިހާރަށްވުރެ ރަނގަޅު އަގެއް ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ހިޔާލު ބަދަލުކޮށްފައެވެ.

 

View post on Twitter

 

މި ހަރަކާތް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ މޮންޓެރޭ ބޭ އެކުއޭރިއަމްގެ "ސީފުޑް ވޮޗް" ޕްރޮގްރާމުން ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ދީފައިވާ ހާއްސަ ރޭޓިންގް ފާހަގަކުރުމެވެ. މިއީ ސީފުޑް ވޮޗްގެ ތާރީޚުގައިވެސް ވަކި ގައުމެއްގެ ކަނޑުމަހުގެ މަސްވެރިކަމަށް މިފަދަ މަތީ ރޭޓިންގްއެއް ދިން ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާ މެދު ބައިނަލްއަގުވާމީ ދުނިޔޭގައި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ މަސްވެރިކަމަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މިގޮތުން ދުނިޔޭގެ ބާޒާރުގައި އިޚްތިޔާރުކުރަން އެންމެ ރަނގަޅު ނުވަތަ "ބެސްޓް ޗޮއިސް" ގެ ރޭޓިންގް ރާއްޖެއަށް ލިބުމަކީ ދިވެހި މަސްވެރިކަމަށް ލިބުނު ބޮޑު ޝަރަފެކެވެ.

މި ލިބުނު ރޭޓިންގްއާއެކު، ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް، ހާއްސަކޮށް އެމެރިކާ ފަދަ ބޮޑެތި ގައުމުތަކަށް ވިއްކުމުގައި ބޮޑެތި ފުރުސަތުތަކެއް ހުޅުވި، އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 3 ދުވަސް ކުރިންގދ.ތިނަދޫ އިން ސަބްސިޑައިޒް އަގުގައި މިހާރު ތެޔޮ ލިބޭނެޚަބަރު | 3 ދުވަސް ކުރިންއައި.އޯ.ޓީ.ސީގެ 30 ވަނަ ބައްދަލުވުން ރާއްޖޭގައި ފަށައިފިޚަބަރު | މަހެއް ކުރިންއައިއޯޓީސީގެ 30 ވަނަ ސެޝަން ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެއްޖެޚަބަރު | މަހެއް ކުރިން