logo
Bank of Maldives

Bank of Maldives

ޚަބަރު

6 ޖޫން ގެ ނިޔަލަށް މިފްކޯ އަށް މަސްކިރުވި ދޯނިތަކަށް 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

އައިޝަތު އިނާޝާ
9 ޖޫން 2026 - 09:31
މަސްވެރިންތަކެއް މަސްކިރުވުމަށް ތައްޔާރުވަނީ
މަސްވެރިންތަކެއް މަސްކިރުވުމަށް ތައްޔާރުވަނީ

މަސްދޯނިފަހަރުން 6 ޖޫން 2026 ގެ ނިޔަލަށް މިފްކޯ އަށް މަސްކިރުވި ދޯނިތަކަށް 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

މީގެ ތެރޭގައި މިފްކޯއަށް ކިރުވާ ކަންނެލީގެ ފައިސާ ވެސް ހިމެނެއެވެ. މިފައިސާ ޖަމާކޮށްފައިވަނީ 8 ޖޫން 2026 ވަނަ ދުވަހުއެވެ. ކަޅުބިލަމަހާއި ކަންނެލި މަސްދޯނިތައް ހިމެނޭހެން ޖުމްލަ 20 ދޯންޏަކުން މަސްކިރުވާފައިވެއެވެ. މި ދޯނިތަކަށް ޖުމްލަ 278،380.00 ރުފިޔާ ވަނީ ދޫކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފްކޯއިން ފައިސާ ދޫކުރި ގޮތުގެ ތަފްސީލަށް ބަލާއިރު، 18 މަސްދޯންޏަކުން ކިރުވި ކަޅުބިލަ މަހަށްވާ 223،465 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި 9 ދޯންޏަކުން ކިރުވި ކަންނެލި (10 ކިލޯއިން މަތި) މަހަށްވާ 11،940 ރުފިޔާ އާއި 11 ދޯންޏަކުން ކިރުވި ކަންނެލި ( 15ކިލޯއިން މަތި) މަހަށްވާ 42،975 ރުފިޔާ ދޫކޮށްފައިވެއެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. މީގެއިތުރަށް މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަކީވެސް ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިނަރެސްގައި މިފްކޯގެ އައު މަސްފިހާރައެއް: ހަފުތާގެ 7 ދުވަހު ޚިދުމަތް ދޭނެޚަބަރު | 9 ދުވަސް ކުރިންބުޅަލަށް ހާއްސަ "ކެޓް އައިލެންޑް" އެއް ތަރައްގީކުރަނީޚަބަރު | 18 ދުވަސް ކުރިންމިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 21ރ. އަށް ބޮޑު ކޮށްފިޚަބަރު | 22 ދުވަސް ކުރިންސްޕޯޓްސް ފިޝިންގްގައި ރާއްޖެއަކީ މަގުބޫލް މަންޒިލެއްޚަބަރު | މަހެއް ކުރިން