logo
Bank of Maldives

Bank of Maldives

ޚަބަރު

އިންތިޚާބުގައި ރައީސް މުޢިއްޒާއި މެޑަމް ސާޖިދާ ދެއްކެވީ އާދަޔާޚިލާފް ހިތްވަރާއި ރީތި ނަމޫނާއެއް: ޝިޔާމް

މުހައްމަދު މޫސާމުހައްމަދު މޫސާ
6 އޭޕްރީލު 2026 - 01:56
ޝިޔާމް ކުޅުދުއްފުށީ ސިޓީގައި ޕީއެންސީގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވަނީ،
ޝިޔާމް ކުޅުދުއްފުށީ ސިޓީގައި ޕީއެންސީގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވަނީ،

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ކެމްޕޭންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާއި، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ދެއްކެވީ އާދަޔާޚިލާފް ހިތްވަރާއި ރީތި ނަމޫނާއެއްކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯސަން ރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު މަޤްޞަދުތަކުގެ ތެރޭގައި އިންތިޚާބުތަކުގައި ބައިވެރިވުމާއި، ބައިވެރިވާ އިންތިޚާބުތައް ކާމިޔާބުކުރުން ހިމެނޭ ކަމަށެވެ. އަދި އިންތިޚާބުތަކުގެ ނަތީޖާއަކީ އަބަދުވެސް ކަންކަމާ ފުންކޮށް ވިސްނާ، ކަންކަން އިސްލާހުކުރަން ލިބޭ ފަހި ފުރުޞަތެއްގެ ގޮތުގައި ޝިޔާމް ސިފަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝިޔާމް ވިދާޅުވީ މި އިންތިޚާބަކީ ކުރަންވީ ކަމަކާއި ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިޚާބެއް ކަމަށެވެ.

 "ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ދެއްވާފައި،" ޝިޔާމް ލިޔުއްވާފައިވެއެވެ. އަދި އިންތިޚާބުގެ ނަތީޖާއާއެކުވެސް ރައީސް ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި އިންތިޚާބުގައި ގޮނޑިތައް ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށާއި ޓީމުތަކަށް މިނިސްޓަރު ވަނީ މަރުޙަބާ ދަންނަވާފައެވެ. ހަމައެއާއެކު، ކާމިޔާބާ ހަމައަށް ވާސިލް ނުވެވުނު ކެންޑިޑޭޓުން ކުރެއްވި މަސައްކަތާއި ދެއްކެވި ހިތްވަރަށްވެސް ޝިޔާމް ވަނީ ސާބަސް ދެއްވާފައެވެ.

ޝިޔާމްގެ ޕޯސްޓް ނިންމާލައްވަމުން ވިދާޅުވީ، މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި ކަމަށެވެ. އަދި އިންތިޚާބުގައި ޕީއެންސީގެ ރައީސް، ރައީސް ޑރ. މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ ދެއްކެވި ހިތްވަރަށް ފަށްފަށުން ޝުކުރު އަދާކުރައްވާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސޯބެއަށް ދިހަ އަހަރަށްވުރެ ގިނަ ދުވަސްވިއިރު ކަމެއް ނުކޮށްދެވުން، ރައްޔިތުންނަށް މިވަރުން ފުދިއްޖެ: މިނިސްޓަރު ޝިޔާމްޚަބަރު | 3 ގަޑިއިރު ކުރިންދިގުމުއްދަތަކަށް ބޭނުންކުރާ ބޭސްތައް ދެމެެހެއްޓެނިވިކޮށް ލިބޭގޮތް ހަދާނެ: ރައީސްޚަބަރު | 5 ގަޑިއިރު ކުރިންރައީސްގެ އިތުބާރުނެތްކަމަށް ވޯޓުނަގަން ފުރުސަތެއް ނުދޭނަން: އަބުދުއްރަޙީމްޚަބަރު | 14 ގަޑިއިރު ކުރިންވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި 63 ޒުވާނުންނަށް ރައީސް މަރުހަބާ ކިޔައިފިޚަބަރު | ދުވަހެއް ކުރިން