logo
Bank of Maldives

Bank of Maldives

ޚަބަރު

އިންތިޚާބުތަކުގެ ނަތީޖާއާއެކުވެސް ރައީސް ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާ: ޝިޔާމް

މުޙައްމަދު އަފްރާޙް
5 އޭޕްރީލު 2026 - 10:03
އިންތިޚާބުތަކުގެ ނަތީޖާއާއެކުވެސް ރައީސް ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާ: ޝިޔާމް

އިންތިޚާބުތަކުގެ ނަތީޖާއާއެކުވެސް ރައީސް ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް ކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އޭޕްރިލް 4 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބަލަން ނެގި ފެންނަ/ނުފެންނަ ވޯޓުގެ ނަތީޖާ އާ ގުޅިގެން 'ފޭސްބުކް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު މަޤްޞަދުތަކުގެ ތެރޭގައި އިންތިޚާބުތަކުގައި ބައިވެރިވުމާއި، ބައިވެރިވާ އިންތިޚާބުތައް ކާމިޔާބުކުރުން ހިމެނޭ ކަމަށެވެ. އަދި އިންތިޚާބުތައް ކާމިޔާބުވުމުގައާއި ނާކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތައް އެކުލެވޭ ކަމަށެވެ.

މީގެއިތުރުން އިންތިޚާބުތަކުގެ ނަތީޖާތަކަކީ އަބަދުވެސް ކަންކަމާ ފުންކޮށް ވިސްނާ ކަންކަން އިސްލާހުކުރަން ލިބޭ ވަރަށް ފަހި ފުރުޞަތުތަކެއް ކަމަށާއި އަޅުގަނޑުމެންނަކީ (ޕީއެންސީއަކީ) އަބަދުވެސް ކުރިޔަށް ވިސްނާ ބައެއް ކަމަށެވެ. އަދި މިއީ ކުރަންވީ ކަމަކާއި ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިޚާބެއް ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ ކަމަށާއި މި އިންތިޚާބުތަކުގެ ނަތީޖާއާއެކުވެސް އެމަނިކުފާނު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް ކަމަށެވެ. އަދި މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ޝިޔާމުގެ މެސެޖުގައި އިންތިޚާބުގައި ގޮނޑިތައް ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށާއި ޓީމުތަކަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާ، އަދި އިންތިޚާބުގައި ބައިވެރިވެ ކާމިޔާބާ ހަމައަށް ވާސިލް ނުވެވުނު ހުރިހާ ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުންގެ ޓީމުތަކަށްވެސް ކުރެއްވި މަސައްކަތާއި ހިތްވަރަށް ސާބަސް ދެންނެވިއެވެ. އަދި އިންތިޚާބު ކާމިޔާބުކަމާއެކު ނިންމާލުމަށް އެއްބާރުލުންދެއްވި ހުރިހާ ފަރާތްތަކަށް ހިތުގެ އިޚުލާސްތެރި ޝުކުރު ދަންނަވާފައި ވެއެވެ.

ހަމަމިއާއެކު އިންތިޚާބުގައި ޕީއެންސީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ދެއްކެވި އާދަޔާޚިލާފް ހިތްވަރާއި ރީތި ނަމޫނާއަށް ފަށްފަށުން ވަނީ ޝުކުރު ބަރުތީލަކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯޓު ނިމިއްޖެ، އެކަމަކު ރައީސް މުޢިއްޒުގެ ވަޢުދުފުޅު ފުއްދައިދެއްވުމަށް ކުޑަވެސް މަޑުޖެހުމެއް ނާދޭ: ޝުޖާއުޚަބަރު | 6 ގަޑިއިރު ކުރިންޕީއެންސީގެ ވެރިކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް: އެމްޑީޕީން ރައްޔިތުންގެ ކިބައިން ''ހޭވެސް'' އަހާނުލިރިޕޯޓް | 12 ގަޑިއިރު ކުރިންގާދިއްފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ބާރު ސްޕީޑްގައި ފަށައިފިޚަބަރު | 14 ގަޑިއިރު ކުރިން ނަތީޖާއިން ފެނުނީ ރައީސަށް އޮތް އިތުބާރު، 2028 ކާމިޔާބު ކުރުމަށް ހުރަހެއްނެތް: ޝުޖާޢުޚަބަރު | 2 ދުވަސް ކުރިން