logo
MPL

MPL

ޚަބަރު

ނަތީޖާއިން ފެނުނީ ރައީސަށް އޮތް އިތުބާރު، 2028 ކާމިޔާބު ކުރުމަށް ހުރަހެއްނެތް: ޝުޖާޢު

މުހައްމަދު މޫސާމުހައްމަދު މޫސާ
9 އޭޕްރީލު 2026 - 02:43
ޝުޖާއު އިންތިޚާބެއްގައި ރައްޔިތުންގެ ގާތުގައި
ޝުޖާއު އިންތިޚާބެއްގައި ރައްޔިތުންގެ ގާތުގައި

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ހާމަވެގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުން ކުރާ ބޮޑު އިތުބާރު ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ދިވެހީންގެ ނިންމުން" ކަވަރޭޖްގައި ވާހަކަދައްކަވަމުން ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، މިއީ މުހިންމު ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދުމަށް ކުރީގެ ރައީސުންނަށް ކެރިވަޑައިނުގެންނެވި ކަމެއް ނަމަވެސް، ރައީސް މުޢިއްޒު ވަނީ އެ ފުރުޞަތު ރައްޔިތުންނަށް ދެއްވާފައެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމަކީ މި ސަރުކާރުން އިސްކަންދޭ ކަމެއްކަން މި ވޯޓުން ސާބިތުވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރީގެ ސަރުކާރުތަކަށް ފާޑުވިދާޅުވަމުން ޝުޖާއު ތުހުމަތު ކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުތަކުން ރައްޔިތުންގެ މަޝްވަރާއެއް ނެތި ޕާޓީ ސިސްޓަމް ތަޢާރަފުކުރުމާއި، ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމާއި، ދައުލަތުގެ ކުންފުނިތަކުގެ ހިއްސާ ވިއްކުން ފަދަ ބޮޑެތި ކަންކަން ކޮށްފައިވެއެވެ. ނަމަވެސް މިހާރުގެ ރައީސް ރައްޔިތުންގެ ނިންމުން އިޚްލާސްތެރިކަމާއެކު ބަލައިގަނެ، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން އިޞްލާޙު ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ބައެއް ބޮޑެތި ސިޓީތަކުގެ ގޮނޑިތައް ސަރުކާރު ހިންގާ ޕާޓީއަށް ގެއްލުނު ނަމަވެސް، ކުރިން އިދިކޮޅު އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ރަށްތަކުން ރައީސް މުޢިއްޒުގެ ސިޔާސަތުތަކަށް ބޮޑު ތާއީދެއް ލިބިފައިވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ. މިއީ ސަރުކާރުގެ މަސައްކަތްތައް ރައްޔިތުން ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ޕާޓީގެ މެންބަރުން އެއްވެސް ވަރަކަށް މާޔޫސްނުވެ، ސަރުކާރު ދެމެހެއްޓުމާއި ރައީސް މުޢިއްޒުގެ ތަޞައްވުރު ފުރިހަމަކުރުމުގައި ސާބިތުވެ ތިބުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާ: އެހީތެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފިޚަބަރު | 25 މިނިޓު ކުރިންފުނަދޫގެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ރައީސްގެ ޚާއްޞަ ޝުކުރެއް, އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރެއްވިޚަބަރު | 2 ގަޑިއިރު ކުރިންދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ރަންވަނަތައް ހޮވައި، އިނާމު ދީފިޚަބަރު | 10 ގަޑިއިރު ކުރިންކުދި ވިޔަފާރިތަކަށް ބޮޑު ލުޔެއް: އުފެއްދުންތަކަށް ބޭނުންވާ ސާމާނުން 5 އަހަރަށް ޑިއުޓީ ކަނޑާލަނީޚަބަރު | 18 ގަޑިއިރު ކުރިން