ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާ: އެހީތެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި
25 އޮކްޓޯބަރު 2026 - 13:16

ށ. ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ނއްވުމާއި ރައްޔިތުން ސަލާމަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ މުވައްސަސާތަކަށާއި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އިޚުލާޞްތެރިކަމާއެކު ޝުކަރު އަދާކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ މި ކުއްލި އަދި އުނދަގޫ ހާލަތުގައި، ވަގުތުން އިޖާބަދީ ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާކަން ފާހަގަކުރައްވައި، ކަމާބެހޭ ފަރާތްތަކަށް ތައްރީފުކުރައްވާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް)، ދިވެހި ފުލުހުންގެ ޚިދުމަތް، ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓުގެ ފަޔަރ އެންޑް ރެސްކިޔު ޓީމުތައް، ޖޭ.ޑަބްލިޔު. މެރިއޮޓްގެ ފަޔަރ އެންޑް ރެސްކިޔު ޓީމު، ށ. އަތޮޅު ހޮސްޕިޓަލް، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯ، ފުނަދޫ ކައުންސިލާއި ސަރުކާރުގެ އިދާރާތަކުގެ އިތުރުން ފުނަދޫގެ ލޮބުވެތި ރައްޔިތުނަށް ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުން، މުދަލަށް ގެއްލުން ލިބުނު ފަރާތްތައް މާތްﷲގެ ހެޔޮ ރަހުމަތްފުޅާއެކު އަވަހަށް އާންމު ހާލަތަކަށް ރުޖޫއަވާނެކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ހާދިސާތަކުން ޤައުމާއި ރައްޔިތުން ސަލާމަތކޮށްދެއްވައި، ރައްކާތެރިކަން އަބަދުމެ މިންވަރުކޮށްދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.

-01.jpg&w=3840&q=75)
