logo
Bank of Maldives

Bank of Maldives

ޚަބަރު

ވޯޓު ނިމިއްޖެ، އެކަމަކު ރައީސް މުޢިއްޒުގެ ވަޢުދުފުޅު ފުއްދައިދެއްވުމަށް ކުޑަވެސް މަޑުޖެހުމެއް ނާދޭ: ޝުޖާއު

މުހައްމަދު މޫސާމުހައްމަދު މޫސާ
10 އޭޕްރީލު 2026 - 19:38
ވޯޓު ނިމިއްޖެ، އެކަމަކު ރައީސް މުޢިއްޒުގެ ވަޢުދުފުޅު ފުއްދައިދެއްވުމަށް ކުޑަވެސް މަޑުޖެހުމެއް ނާދޭ: ޝުޖާއު

ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅަށް ތަޢުރީފު ކުރައްވައިފިއެވެ.

މި މަޝްރޫޢަށް އިޝާރަތްކުރައްވަމުން ޝުޖާއު ވިދާޅުވީ، އިންތިޚާބުތަކާއި ވޯޓުގެ ކަންކަން ނިމިފައިވީ ނަމަވެސް، ރައީސް ޑރ. މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި އެއްވެސް ވަޢުދުފުޅަކަށް ކުޑަވެސް މަޑުޖެހުމެއް އައިސްފައި ނުވާ ކަމަށެވެ. އަދި ދިވެހީން މިހާރު ދެކެމުންދަނީ އުފާފާގަތި ދުވަސްތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝުޖާއު އިތުރަށް ވިދާޅުވީ، ކުރީގެ އެމް.ޑީ.ޕީ ސަރުކާރުން ނަގާފައިވާ ބޮޑެތި ލޯނުތައް ހަލާސްކުރުމާއެކު، ''އިރާދަކުރެއްވިއްޔާ'' ދިވެހީން ދެން ދެކޭނީ މާއުޖާލާ ދުވަސްތަކެއް ކަމަށެވެ. މި މަޝްރޫޢު ފެށުމާ ގުޅިގެން ގާދިއްފުށީގެ ލޮބުވެތި ރައްޔިތުންނަށް މަރުޙަބާ ދަންނަވައި، ރައީސް މުޢިއްޒަށް ޝުޖާއު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

 

View post on Twitter

 

ގާދިއްފުށީ ބިން ހިއްކުމުގެ މި ބޮޑު މަޝްރޫޢުގެ ދަށުން އެ ރަށުގެ ފަޅުން ގާތްގަނޑަކަށް 11 ހެކްޓަރުގެ ބިން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރަޙައްދު ހިއްކުމަށްޓަކައި ޖުމްލަ 396,000 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރާނެއެވެ.

މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންކުރަނީ ދުނިޔޭގެ ފެންވަރުގެ ޒަމާނީ ކޮންނަ ބޯޓެއް ކަމަށްވާ "ފިލިއްޕޯ ބްރޫނެލެސްކީ" އެވެ. މިއީ އެއްފަހަރާ 11,500 ކިއުބިކް މީޓަރުގެ ވެލި އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ބޯޓެކެވެ. މި ބޯޓުގެ އެހީގައި މަސައްކަތް ކުރިއަށްދާއިރު، އަންދާޒާކުރެވޭ ގޮތުގައި ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މުޅި މަސައްކަތް އެއްކޮށް ނިންމާލެވޭނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ އަޑު އަހައި ހައްލު ހޯދައިދިނުމުގެ ނަމޫނާ ޒައާމަތެއްރިޕޯޓް | 9 ގަޑިއިރު ކުރިންރައްޔިތުންނާ ވަކިވަކިން ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ޕްރޮގްރާމެއް ފަށްޓަވަނީޚަބަރު | 13 ގަޑިއިރު ކުރިންމަގާމުތަކުގައި ތިއްބެވި ތަފާތު ފިކުރުގެ މީހުންވެސް ރައްޔިތުންނަށް އިޚްލާސްތެރިވުމަށް ރައީސްގެ އިލްތިމާސްއެއް!ޚަބަރު | ދުވަހެއް ކުރިންސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ، ނުފޫޒުން އެއްކިބާވެގެން ހިންގޭ މަޝްރޫޢެއް: ރައީސްޚަބަރު | ދުވަހެއް ކުރިން